ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން، މާލެއާއި އަތޮޅުތަކުގައި ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާ އޮފިސަރުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނާ ފުލުހުންގެ އިދާރާ ގުޅިގެން މިއަދު ފެށި އެ ޕްރޮގްރާމްގައި މަޖިލިސް އިންތިހާބާ ބެހޭ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި އިލެކްޝަންސްގެ ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކުރާނެއެވެ.

އޭގެ އިތުރުން، ކުރީގެ އިންތިހާބުތަކުގެ މައުލޫމާތާއި، ވޯޓުލުމާއި، ވޯޓު ގުނުމުގެ ހުރިހާ މަރުހަލާއެއްގައި އަމާންކަމާއެކު ހަރަކާތްތެރިވެފައިވާ ގޮތުގެ ތަޖުރިބާތަކާއި މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ކުރީގެ އިންތިހާބުތަކުގައި ދިމާވެފައިވާ މައްސަލަތަކާއި އެކަންކަން ހައްލުކުރުމުގެ އިތުރުން ވޯޓުލުމުގެ ހައްގު އޮންނަ ކޮންމެ ރައްޔިތަކަށް އެ ހައްގުގެ ބޭނުން އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ފުލުހުންގެ ހިދުމަތާއި އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރައްވާ ތަޖުރިބާއާއި ފަންނީ އިލްމު ހުރި ބޭފުޅުންނެވެ. އޭގެ އިތުުރުން މި މަހު 28 ވަނަ ދުވަހު އޮންނަ ކުލާސްތަކުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން