އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހް ކޯވިޑް-19އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެނޑްމިޓްކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ވަނީ 55 އަހަރުގެ އަމިތް ޝާޙް މީގެ ދެދުވަސްކުރިން ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންފައިވާކަމަށް ބުނެފައެވެ. އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އަމިތް އަށް މިހާރު ދަނީ ދިއްލީގެ ހަރްޔަނާ ގުގުރާމްގެ މެޑަންޓާ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އޭނާ އެޑްމިޓްކޮށްފައި ވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަމިތް ޝާހް ވަނީ އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަކުރައްވައި ޓުވީޓްވެސްކުރައްވާފައެވެ. އޭނާގެ ޓުވީޓްގައި ވަނީ އޭނާގެ ކިބައިން ބަލީގެ އަލާމަތްތައް މީގެ 2 ދުވަސްކުރިން ފެނުމުން ބައްޔަށް ޓެސްޓްކުރެއްވިކަމަށެވެ. އޭނާގެ ސިއްޙީ ހާލުކޮޅު އަދި ރަނގަޅުކަމަށާއި، އެޑްމިޓްވާން ނިންމީ އޭނާގެ އުމުރުގެ ސަބަބުން އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެކަމަށް ބައްލަވައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާއެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އަމިތް ޝާހް ވަނީ އޭނާއާއި ކޮންޓެކްވި މީހުން އެކަހެރިވެ، ބައްޔަށް ޓެސްޓު ކުރުމަށް އެދިފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 55 އަހަރުގެ އަމިތް މީގެ ދުވަސްކޮޅެއް ކުރިން ކެބިނެޓް ބައްދަލުުވުމަކަށްވެސް ވަޑައިގެންފައި ވެއެވެ. އެހެންްކަމުން ކޮންޓްކްޓް ޓްރޭސިންގ ހަދައި، އޭނާއާ ބައްދަލުވި މީހުން އެކަހެރި ވާން އަންގާނެއެވެ.
އަމިތް ޝާޙް ބައްޔަށް ޕޮޒިޓިވްވިކަން ހާމަކުރުމުން، އެ ޤައުމުގެ ޔޫނިއަން މިނިސްޓަރ ބާބުލް ސުޕްރިއޯ ވަނީ އޭނާ އަމިތް ޝާހާ ބައްދަލުވިކަން ހާމަކޮށް އަމިއްލައަށް އެކަހެރިވެ ވަޑައިގެންފައިވާކަން ހާމަކުރަށްވާފައެވެ. އަދި އޭނާ މިހާރު ދިރިުޅުއްވަނީ އާއިލާއާ ވަކިން ކަމަށާ ބައްޔަށް ޓެސްޓްކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު