މަޓާޓޯއިން ނެރޭ "މޯލްޑިވްސް ފައިންޑާ" މަޖައްލާގެ މީޑިއާ ކިޓް ނެރެފި އެވެ.

މިއީ ކޮންމެ އަހަރަކުވެސް އެއް ފަހަރު މަޓާޓޯއިން ނެރެމުންދާ މަޖައްލާ އެކެވެ. އެ މަޖައްލާގެ މީޑިއާ ކިޓް ނެރުނީ ޖަރުމަނުގައި މިހާރު ކުރިއަށް ދާ އައިޓީބީ ބާލިން ފެއާގަ އެވެ.

މީޑީއާ ކިޓަކީ މަޖައްލާއެއް ނެރުމުގެ ކުރިން އިޝްތިހާރު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިމެނޭ ޑޮކިއުމަންޓް އެކެވެ.

އެ މީޑިއާ ކިޓް ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

މޯލްޑިވްސް ފައިންޑާއަކީ އެކި ފެއާތަކާއި އަދި އިވެންޓްތަކުގައި ރާއްޖެ އިޝްތިހާރު ކުރަން ބަހާ މަޖައްލާ އެކެވެ.

އެ މަޖައްލާ މި ފަހަރު ނެރެނީ މި އަހަރުގެ ނޮވެމްބަރު މަހު އޮންނަ ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން ފެއާގަ އެވެ.

އެ މަޖައްލާގައި މަޓާޓޯގެ މެމްބަރުންނަށް 10 ޕަސެންޓް ޑިސްކައުންޓްއާއެކު އިޝްތިހާރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން