ރަޝިޔާގެ ރިޔާސީ އިންތިޚާބު ރަޝިޔާގެ މިހާރުގެ ރައީސް ޕުޓިން ކާމިޔާބު ކުރައްވައިފިއެވެ.
ހުކުރު ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔަ އިންތިޚާބުގެ ވޯޓުލުން ރަޝިޔާގައި ބަންދުކޮށްފައިވަނީ އާދިއްތައިގައެވެ. ބައެއް އެމްބަސީތަކުގައި އަދި އޮންލައިންކޮށްވެސް ވޯޓުލުން ކުރިޔަށް ދިޔައެވެ.
ރަޝިޔާގެ އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދޭގޮތުގައި މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުން 87 ޕަސެންޓް ވޯޓު ވަނީ ޕުޓިންއަށް ލިބިވަޑައިގެންފައެވެ. އަދި މިހާތަނަށް ގުނިފައިވަނީ 60 ޕަސެންޓް ވޯޓު ފޮށިކަމަށް ވެސް މައުލޫމާތުދިނެވެ.
ނަތީޖާއާއި ބެހޭގޮތުން ރައީސް ޕުޓިން ވިދާޅުވީ މި ނަތީޖާ ދައްކުވައިދެނީ ރަޝިޔާގެ ރައްޔިތުން އޭނާއަށް ކުރާ އިތުބާރާއި އުއްމީދު ކަމަށެވެ. މި ނަތިޖާއާއެކު ރައީސް ޕުޓިންއަށް ޖެހިޖެހިގެން ވެރިކަމުގެ 3 ވަނަ ދައުރެއް ލިބިވަޑައިގެންނެވީވެ.

ކިޔުންތެރިންގެ ހިޔާލު