ޓައިޓޭނިކް އަޑިއަށް ދިޔައިރު މިއުޒިކް ކުޅެން ހުރި މީހާއާއި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާނު މައުމޫންގެ ތަފާތެއް ނެތްކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީޙް މިމޭރުމުން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރަށްވަމުން ގެންދަވަނީ ޕީޕީއެމްގެ އާއްމު މެންބަރުން ޙަވާލުކުރި މަސައްކަތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެގޮތުން މަލީޙް ވިދާޅުވީ ޓައިޓޭނިކް ޖެހުނީ އައިސްގަނޑެއްގައި ކަމަށާއި ޕީޕީއެމް ފައްތާލަނީ ޕީއެންސީ ކިޔާ ބޮއްކުރައެއްގެ ހުންގާނުގައި ހުރި މީހެއް ކަމަށެވެ.
“އެވެސް ޕީޕީއެމްގެ ދެ ނައިބު ކައްޕިތާނުން ތިއްބާ. މިއީ މަރުނުވަނީސް ވަޅުލުންފަދަ ކަމެއް.” މަލީޙް ވިދާޅުވިއެވެ.
މަލީހް މިމޭރުމުން ވިދާޅުވެފައިވާއިރު ޣައްސާން މިއަދު ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށާއި އެ ޕާޓީގައި އެއްވެސް ހީނަރުކަމެއް ނެތް ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުއިއްޒު ނިކުމެ ވަޑައިގަތީ ޕްރޮގްރެސިވް ކޯލިޝަނުން އެންގި ފޯމިއުލާއެކު، އެ ކޯލިޝަނުގެ ހުރިހާ ގުނަވަންތަކާއިިިިިިިިިި ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރާއި ތާއީދާއެކު ކަމަށް ޣައްސާން ވިދާޅުވިއެވެ.
އަދި މިއަދުވެސް ޕީޕީއެމްގައި އޮތީ ކުރިންވެސް އޮތް ޙާލަތު ކަމަށާއި ޕީޕީއެމުން ދާނީ ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތު ކަމާއެކު ވަރުބަލި ކަމެއްނެތި ހަރަކާތްތެރިވަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު