ޕީޕީއެމް ޕީއެންސީގެ މެންބަރުން މަގުމަތިކުރަން އުޅުނު ވާހަކަ ދައްކަނީ، ކަންހިނގާދިޔަގޮތް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް ކަމަށް ރައީސް މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒުގެ ސްޕެޝަލްއެޑްވައިޒަރު އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވަން އީސީއަށް ފޯމު ހުށަހެޅުއްވީ 7 އޯގަސްޓް 2023 ގައި ކަމަށެވެ. އަދި ރައީސް ޔާމީން ސޮއިކުރަށްވައި އެ މަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު 2 ޕާޓީގެ ސެނެޓަށް އިއްވެވި ނޯޓަކުން އިންތިޚާބް ބޮއިކަޓް ކުރަން އެންގެވީ 6 އޯގަސްޓް ގައި ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރީވެސް 6 އޯގަސްޓްގައި ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.



"ޕީއެންސީއިން ރިޔާސީ ކެންޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ޙުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިޚާބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ؟ ޕީޕީއެމަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ؟" އަބްދުއްރަހީމް ސުވާލު ކުރެއްވިއެެވެ.

ޕީިޕިއެމް ޕީއެންސީ މަގުމަތިކޮށްލަން އުޅުމުން އެ ފުރުސަތު ނުދީ ވެރިކަމަށް އައީ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް ޔާމިން ރޭ ވަނީ ރައްދު ދެއްވާފައެވެ. ޔާމިން ވިދާޅުވީ ޕީޕިއެމް ޕީއެންސީ މަގުމަތިކޮށްލަން އެމަނިކުފާނު މަސައްކަތް ނުކުރަށްވާ ކަމަށެވެ. އެއީ ދިވެހި ރައްޔިތުންނަށް އޮޅުވާލަން ކަނޑައެޅިގެން ދައްކާ ދޮގު ވާހަކަ ތަކެއް ކަަމަށް ޔާމިން ވިދާޅުވިއެވެ. ޔާމިން ވިދާޅުވީ ސްޕުރީމް ކޯޓުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމުމުކުރިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކު ނެރެ ދައްކާފައިވާނެ ކަަމަށެވެ.

"ޕީޕިއެމް ޕީއެންސީގެ މެމްބަރުން މަގުމައްޗެއް ނުވާނެ، އަޅުގަނޑަށް ސްޕްރީމް ކޯޓުން ހުކުމްކުރުމުގެ ކުރިން ދެތިން ދުވަސް ކުރިން އޮންނާނީ ޕީއެންސީން ބޭފުޅަކު ދައްކާފައި އަދި އެބޭފުޅެއްގެ ކެންޑިޑެންސީ އޮތީ ފައިލްކޮށްފައި އަޅުގަނޑަށް ސްޕުރީމް ކޯޓުން ހުކުމް އައިއިރު، އަޅުގަނޑު ދެންނެވިން ކެންޑިޑެސީ ފައިލް ކުރަން ވެސް. އެހެންވީމަ ޕީޕިއެމް ޕީއެންސީ އާންމު މެމްބަރުން މަގުމައްޗެއް ނުވާނެ، އެދައްކަނީ ދޮގު ވާހަކަ. ކޯއްޗެއް އޮޅުވާލަން އެ އުޅެނީ؟ އެ ދައްކަނީ ދޮގު ވާހަކަ،" ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޔާމިން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ހިޔާލެއް ހޯދުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ހުށަހެޅުއްވީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުގައި ރިވިއު ކުރަން ހުށަހަޅަން ފުރުސަތު ހޯދުމުގެ ގޮތުން ކަމަށް ޔާމިން ރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން