ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ކާމިޔާބުވުމާ ގުޅިގެން އުފާ ފާޅުކުރުމަށް މިރޭ ބާއްވާ ޖަލްސާގައި ހަވާއެރުވުމަށް ނިންމައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީ ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. އެކަމާ ގުޅިގެން މިރޭ ޕީއެންސީން އުފާ ފާޅުކުރަން އާޓިފިޝަލް ބީޗު ސަރަހައްދުގައި ހާއްސަ ޖަލްސާ އެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ ޖަލްސާ ފެށުމަށް ހަަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.

އެމްއެންޑީއެފުން ބުނީ އާޓިފިޝަލް ބީޗުގައި މިރޭ 09:30 ގައި ހަވާ އަރުވާނެ ކަމަށެވެ. އަދި މި ހަވާ 5 މިނެޓަށް ދިގު ދެމިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 70 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ، މަޖިލީހުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ކަމަށްވާ ސުޕަ މެޖޯރިޓީއެވެ.

ޕީއެންސީން އެ އަދަދަށް ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެ ޕާޓީގެ ޓިކެޓާ ނުލައި އަމިއްލަ ގޮތުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއާއި އެމްޑީއޭގެ ޓިކެޓުގައި ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން