މި މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވާއިރު، މި މުއްދަތު 4 މޭ 2024 ވާ ހޮނިހިރު ދުވަހު ހަމަވާނެކަމަށް އެ ކޮލެޖުން ހާމަކޮށްފިއެވެ.

ވިލާ ކޮލެޖުން ވަނީ އެކި ދާއިރާތަކުން 150 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މި ފެށޭ މޭ އިންޓޭކްގައި ހުޅުވާލައިފަ އެވެ. މި ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތައް ހިމެނެ އެވެ.

މީގެ ތެރޭގައި ބޭރުގެ ބޮޑެތި ޔުނިވާސިޓީތައް ކަމަންވާ އިގިރޭސި ވިލާތުގެ ދި ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެޑް އަދި މެލޭޝިޔާގެ ޓޭލާސް ޔުނުވާސިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކުގެ އިތުރުން ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި ޕްރޮފެޝަނަލް ޕްރޮގްރާމުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ވިލާ ކޮލެޖުން ތަޢާރަފް ކުރި އަމިއްލަ ކޯސްތަކެއް ކަމުގައިވާ ސެޓްފިކެޓް 3 ކަލިނަރީ އާޓްސް، ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ (އޮނަރސް)، މާސްޓަރ އޮފް އިންޖިނިއަރިންގ (އިލެކްޓްރިކަލް)، މާސްޓަރ އޮފް އިންޖިނިއަރިންގ (މެކޭނިކަލް)، މާސްޓަރ އޮފް އިންޖިނިއަރިންގ (މެކަޓްރޮނިކްސް)، މާސްޓަރ އޮފް އިންޖިނިއަރިންގ (ކޮމްޕިއުޓިންގ) އަދި ޔުނިވާސިޓީ އޮފް ސައިބަރޖަޔާއާ ގުޅިގެން ވިލާ ކޮލެޖުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާސްޓާސް އިން ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމް ހިމެވެއެވެ.

ވިލާ ކޮލެޖުން މޭ އިންޓޭކުގައި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައްވެސް ހިމެނެއެވެ. ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ވިލާ ކޮލެޖްގެ މައި ކެމްޕަސް ކަމައްވާ މާލޭގައި ހުންނަ ކިޔުއައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖް ނައިފަރު ކެމްޕަސް، ވިލާ ކޮލެޖް ގަން ކެމްޕަސް، ވިލާ ކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާ ކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށް ދާނެ އެވެ.

މީގެއިތުރުން ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އެ ކޮލެޖުން ވަނީ މަހުން މަހަށް އިންސްޓޯލްމެންޓަށް ފީ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިފަ އެވެ. އަދި ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.

ވިލާ ކޮލެޖުގައި މޭ މަހު ފަށާ އިންޓޭކުގެ ކިޔެވުން ފަށާނީ މި މަހުގެ ތިން ވަނަ ހަފްތާގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން