މާލޭ ސަރަހައްދުގައި ދެމުންދާ ޓެކްސީގެ ހިދުމަތުން އާންމުންގެއަތުން ނަގަމުންދާ އަގުތަކަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ބެލުމެއްނެތި ބޮޑެތި އަގު ޓެކްސީތަކުން ނަގަމުން ދަނިކޮށް މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަގުތައް މުރާޖާކުރުމަށްފަހު އަލުން އިއުލާނު ކޮށްފައެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި އަގުތައް ކަނޑައަޅާފައިވާގޮތުން 6 ސީޓަށް ވުރެ މަދު އުޅަނދުގައި މާލެ، ހުޅުމާލެ 1، ހުޅުމާލެ 2ގެ އެތެރޭގެ ދަތުރަކަށް ނަގާނީ މިހާރުވެސް ނަގާގޮތަށް 30 ރުފިޔާއެވެ. އަދި މާލެ އިން ހުޅުމާލެ 1 އަށް 85 ރުފިޔާ ނަގާގޮތަށް އޮތްއިރު މާލެ އިން ހުޅުމާލެ 2 އަށް 100 ރުފިޔާ ނަގަންވަނީ ހަމަޖައްސާފައެވެ.

ހުޅުމާލެ 1 އިން މާލެ އަށް 85 ރުފިޔާއަށް ދަތުރެއް ކޮށްދޭއިރު މިނިސްޓްރީން ބުނެފައިވަނީ، އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10ރ. ނަގާނެކަމަށާއި އަދި ތިން ލަގެޖަށްވުރެ އިތުރަށް އަރުވާ ލަގެޖަށް 5 ރުފިޔާ ނަގާނެކަމަށެވެ.

އޭގެ އިތުރުން 7 ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުގައި މާލެ، ހުޅުމާލެ 1، ހުޅުމާލެ 2ގެ އެތެރޭގެ ދަތުރުތައް ކުރެވޭނީ 45 ރުފިޔާއަށް ކަމަށާއި މާލެ އިން ހުޅުމާލެ 1 އަށް 130 ރުފިޔާ މާލެ އިން ހުޅުމާލެ 2 އަށް ދަތުރު ކުރާނަމަ 155 ރުފިޔާ ނަގާނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.

7 ސީޓާ 10 ސީޓާ ދެމެދުގެ އުޅަނދުތަކުގައި ދަތުރުކުރެވޭނެ އަގުތައް މިއަދު ކަނޑައެޅިއިރު މާލެ އިން ނުވަތަ ހުޅުމާލެއިން ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރަކަށް އާންމު ދަތުރެއްގެ އަގުގެ އިތުރަށް 15 ރުފިޔާ ނެގޭ ގޮތަށްވަނީ ބަދަލު ކޮށްފައެވެ. އަދި އެ ކެޓަގަރީގެ އުޅަނދުތަކަށް ވެސް 5 ލަގެޖަށްވުރެ އިތުރަށް އަރުވާ ލަގެޖަކަށް ރުފިޔާ ނަގާނެކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން