ބޮސްނިއާގައި 1995 ވަނަ އަހަރު ހިންގި "ސްރޭބެނީސްޓާ"ގެ ގަތުލު އާންމުގެ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރުމަށް އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ވޯޓު ދިން ގޮތާ ގުޅޭ ގޮތުން ސަރުކާރުން ވާހަކަ ދައްކައިފި އެވެ.

"ސްރޭބެނީސްޓާ"ގެ ގަތުލު އާންމުގައި 8000 އަށް ވުރެ ގިނަ ބޮޒްނިއާގެ މުސްލިމުން ޝަހީދުކޮށްލި އެވެ. އެހެންވެ 11 ޖުލައިއަކީ އެ ގަތުލު އާންމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ޖަރުމަނުން އދ އަށް ހުށަހެޅި އެވެ.

އެކަމަކު އެ ގަރާރަށް ރާއްޖެއިން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.

އެހެންވެ ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ އެ ގޮތަށް ރާއްޖެއިން ވޯޓު ދިނުމުން ސުވާލު އުފައްދަވައިފަ އެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ނިންމުން ދިފާއުކޮށްފަ އެވެ. ސަރުކާރުން ބުނީ ގިނަ އިސްލާމީ ގައުމުތަކުން ވެސް އަމަލުކޮށްފައި ވަނީ ރާއްޖެއިން އަމަލުކުރި ގޮތަށް ކަމަށެވެ.

ހަމަ އެހެންމެ މިއީ ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމުގެ ވާހަކަ އޮއްބާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވެސް ރާއްޖެއިން ވަނީ ސިފަކޮށްފަ އެވެ.

އެ ގަރާރު ހުށަހެޅި ޖަރުމަނަކީ އިސްރާއިލުން ހިންގަމުންދާ ގަތުލު އާންމަށް ވާގިވެރިވަމުންދާ ގައުމެކެވެ. ޖަރުމަނުން އެ ގަތުލު އާންމަށް އެހީތެރިވާ ކަމަށް ބުނެ ނިކަރާގުއާއިން ވަނީ ބައިނަލްއަގުވާމީ ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން