ކުށްކުރާ ކުޑަކުދިންގެ މައްސަލައިގެ ހައްލަކީ އެ ކުދިންގެ މާހައުލު ބަދަލުކުރަން އިންވެސްޓުކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިބީދައިން ވިދާޅުވެފައިވާއިރު ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމުގެ އަމިއްލަ ބްލޮގުގައި ޝާއިއުކުރައްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހައްލެއް ހޯދިފައި ނުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުގައި އޮތް ގޮތަށް އުމުރު ދަށްކުރުމަކީ ހައްލު ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެގޮތުން، ސަރުކާރާއި ފުލުހުން ދެކޭ ގޮތަށް ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން، 12 އަހަރަށް ނުވަތަ 10 އަހަރަށް ހަގުުކުރުމުން މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ. އަދި އެ ކުދިން އުޅޭ މާހައުލު ބަދަލުކުރަން މަސައްކަތް ކުރަން މާ ރަނގަޅު ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގައި ކުދިން ކުށްކުރަނީ އެ ކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށާއި އެފަދަ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

"ވީމާ، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުން،" ޝަމީމް ވިދާޅުވިއެވެ.

އޭގެއިތުރުން، މާހައުލު ބަދަލު ކުރުމަށް ކުރާ އިންވެސްޓްމަންޓަކީ ކުށްކުރާ ކުއްޖަކު ޖަލުގައި ބަންދު ކުރުމަށް ހިނގާ ޚަރަދަށް ވުރެ ކުޑަ އަދި އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓެއް ކަމަށް ގަބޫލު ކުރައްވާކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ ޖިނާއީ ދައުވާކޮށް، މީހުން ޖަލަށް ލައިގެން ކަމެއް ހައްލުވާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ މިހާރު ނޯންނާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން