ފަތުރުވެރިކަމުގެ ސިނާޢަތުގެ އެނދުތައް ހުސްކޮށް ހުރުމަކީ ދެކެން ބޭނުންވާ މަންޒަރު ނޫންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑީއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ ތަފާސް ހިސާބަށް ބަލާއިރު މިއަހަރު 2600 އެނދު ފަތުރުވެރިކަމުގެ ސިނާޢަތަށް އަލަށް ނެރެވޭނެ ކަމަށް ލަފާ ކުރަށްވާ ކަމަށެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތުގެ އެނދުތައް ހުސްކޮށް ހުރުމަކީ ދެކެން ބޭނުންވާ މަންޒަރު ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކޮންމެ އަހަރެއްގައިވެސް މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވާ ކަމަށެވެ. އެހެންނަމަވެސް މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރާ ޢަދަދު ދަށަށް ދިޔައީ މީގެ ކުރީގެ އަހަރުތަކާއި އަޅާ ބަލާއިރު މާ ބޮޑުތަނުން ނޫން ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ލޯ ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޚާއްސަ ސަމާލުކަމެއްދީގެން ގިނަ މަސައްކަތްތަކެއް ރާއްވަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެމަސައްކަތްތައް ކުރުމަށް އެމްއެމްޕީއާރުސީގެ ބަޖެޓު އިތުރުކުރުން މުހިއްމު ކަމަށް ފައިސަލް ވިދާޅުވިއެވެ.
“އިންވެސްޓަރ ފޯރަމެއް ތައިލޭންޑުގައި ބޭއްވުމަށް މަސައްކަތްކުރަމުން މިދަނީ. އަންނަ އަހަރުގެ މި ސީޒަނާ ކުރިމަތިލާނީ ވަރަށް ތައްޔާރުވެގެން.” ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަދި ފަތުރުވެރިކަން އިޝްތިހާރު ކުރަން ހޭދަކުރާ ފައިސާއަކީ އޭގެ ސަބަބުން މި ސިނާއަތުން ޤައުމަށް ލިބޭ ނަފާ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް އެ ޕްރޮގްރާމްގައި ފައިސަލް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު