ފްލޮރިޑާއަށް ޗުއްޓީއަށް ގޮސް ތިބި ޕެންސިލްވޭނިއާގެ އާއިލާއެއްގެ 6 ކުދިން ކުރިމަތީގައި އެ ކުދިންގެ މަންމަ އާއި ބައްޕަ މޫދުގައި އޮޔާ ގޮސް ގެނބިގެން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އާއިލާއާއި އެކު މޫދަށް ގޮސް ތިއްބާ ދެމަފިރިން އޮޔާގޮސް ގެނބިގެންނެވެ. ފުލުހުންނާ ހަވާލަދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މި ހިތާމަވެރި ހާދިސާގައި އާއިލާގެ ހަ ކުދިންގެ ތެރެއިން ދެ ކުއްޖަކު އެމީހުން ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އޮއިވަރު ގަދަކަމުން އެކަން ވާގޮތް ނުވި ކަމަށް މާޓިން ކައުންޓީ ފުލުސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ފުލުސް އޮފީހުން ބުނީ މި ހާދިސާގައި މަރުވި ދެމަފިރިންނަކީ 51 އަހަރުގެ ބްރައިއަން ވޯޓާ އާއި 48 އަހަރުގެ އެރިކާ ވިޝާޑް ކަމަށެވެ.

މާޓިން ކައުންޓީ އޯޝަން ރެސްކިއު އިން ބުނީ ގެނބިގެން ދިޔަ ދެމަފިރިން އެއްގަމަށް ގެނެސް، ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި އެމީހުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ރެސްކިއުޓީމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން