ކޮންމެ އަހަރަކު އަޟްހާ ޢީދަކީ ދިވެހިން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންދާ ޢީދެކެވެެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފޯރިއާއެކު ކުރިއަށް ގެންދިޔަ ޢީދުގެ ކުޅިވަރުތައް މިހާރު ވަނީ ނިންމާލާފައެވެ.

ބައެއް ރަށްރަށުގައި ޢީދު ފާހަގަކުރުމަށް ސްޓޭޖް ޝޯ ތަކާއި މިއުޒިކް ޝޯތައް ފޯރިއާއެކު ކުރިއަށް ގެންދިޔައިރު މިކަމުގައި އެއް ރަށަށްވުރެ އަނެއް ރަށް ކުރިއަރައި ދާން ވާދަވެރިކަން ވެސް ބޮޑެވެ.

ބައެއް ރަށްރަށުގައި ކައުންސިލު ތަކުން އިންތިޒާމު ކޮށްގެން ޢީދު ފާހަގަކުރުމަށް ސްޓޭޖް ޝޯތައް ބޭއްވުމަށް މިއުޒިކް ބޭންޑްތަކާއި ނަށާ ގްރޫޕްތައް ގެންދިޔުމަށް އެތަށް ސަތޭކަ ރުފިޔާއެއް ވަނީ ޚަރަދު ކޮށްފައެެވެ.

ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގައި ވެސް ބޮޑު ޢީދުގެ ކުޅިވަރުތަކުގެ ފޯރި މިފަހަރު ވަކި ކުޑައެއް ނޫނެެވެ. އަޟްހާ ޢީދު ފާހަގަކުރުމަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޢީދު ހަރާކަތްތައް ފެށީ "ޢީދު މަޅިލުމުގެ" ހަރަކާތުންނެވެ.

"އައްޑޫ އީދި ސަމާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތް އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގައި ކުރިއަށް ގެންދިޔައެވެ. އެގޮތުން އައްޑޫގައި ޢީދުގެ ކުޅިވަރުތައް ފަސް ދުވަހަށް ކުރިއަށް ގެންގޮސްފައިވާއިރު އެ ސިޓީގެ މަރަދޫ، ފޭދޫ ފަދަ އަވަށްތަކުގައި ވެސް ވަރަށް ފޯރިގަދަކޮށް ޢީދުގެ ހަރަކާތްތައް ވަނީ ބާއްވާފައެެވެ.



މިއީ ފަހުގެ ތާރިޚެއްގައި އައްޑޫ ސިޓީގައި ބޮޑު ޢީދުގެ ކުޅިވަރުތަކާއެކު މިހާ ފޯރިގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެެވެ. އައްޑޫ ސިޓީގެ އަވަށްތަކުގެ ތެރެއިން މަރަދޫ ފެނިގެންދިޔައީ ޢީދު ފާހަގަކުރުމުގައި ވަރަށް ރީތި ނަމޫނާ ދެއްކި އަވަށެއްގެ ގޮތުގައެވެ. މިއުޒިކް ޝޯ އާއި ސްޓޭޖް ޝޯތަކާއި ނާޗަރަންގީތައް ނުބާއްވައި ޢީދު ފާހަގަކުރެވިދާނެކަން މަރަދޫން މުޅި ރާއްޖެއަށް ސާބިތުކޮށްދީފައެވެ.

ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނީލް ވިދާޅުވީ ނާޗަރަންގީއާ ނުލައި ވެސް ފޯރީގައި އީދު ފާހަގަ ކުރެވިދާނެކަން މި އަހަރުގެ ބޮޑު އީދަށް އައްޑޫ މަރަދޫގައި ހިންގި ހަރަކާތްތަކުން ދައްކުވައިދީފައިވާ ކަމަށެވެ. ޝެއިހް އަނިލް ވަނީ މަރަދޫގައި "އައްޑޫ އީދި ސަމާ 1445" ގެ ހަރަކާތްތައް ހިންގި ޓީމަށް މަރުހަބާ އާއި ޝުކުރު އަދާކުރައްވާފައެެވެ.

"ނާޗަރަންގީއާ ނުލައި ވެސް އީދު ވަރަށް ފޯރީގައި ފާހަގަ ކުރެވިދާނެކަން ދައްކައި ދިނީ މަރަދޫ." ޝެއިހް އަނިލް ވިދާޅުވި އެވެ.

މިއީ ފާހަަގަނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެެވެ. މަރަދޫގެ ރައްޔިތުންގެ ފަރާތުން އެހެން ރަަށްރަށުގެ ރައްޔިތުން ވެސް މި ރީތި ނަމޫނާ ބަލައިގަންނަން ޖެހެއެވެ.



އައްޑޫ ސިޓީއަކީ ވަރަށް ގިނަ އަދަދެއްގެ މަޝްހޫރު ދީނީ އިލްމްވެރިން ނިސްބަތްވާ ސިޓީއެކެެވެ. މިއުޒިކް ޝޯ ފަދަ ކަންކަން ހިމަނައިގެން އީދު ފާހަގަކުރާތީ އައްޑޫގެ ބައެއް ދީނީ އިލްމްވެރިން ވެސް ވަނީ އެކަން ކުށްވެރިކޮށް، އީދުގެ ހުރުމަތް ކަނޑާ ނުލުމަށް ގޮވާލާފައެވެ. އަދި އެފަދަ ހަރާކަތްތައް ބާއްވާތީ އެކަން ނުކުރުމަށް އައްޑޫ ސިޓީގެ ބައެއް އަމިއްލަ ޖަމިއްޔާތަކުން ގޮވާލައި ބަޔާންތައް ވެސް ނެރުނެެވެ.

ދީނީ އިލްމްވެރިންނާއި ޖަމިއްޔާތަކުގެ އަޑުއެހި އައްޑޫ ސިޓީގެ ހަމައެކަނި އަވަށަކީ މަރަދޫއެެވެ. މިކަމުގައި މަރަދޫ ރައްޔިތުންނަށް އައްސަރިބަހާއި ސާބަސް ހައްގެވެ.


ކިޔުންތެރިންގެ ހިޔާލު


2

ވ

25-Jun-2024

ދެރައީ ބައެއް ކުދިން ބުރުގާނާޅާ ހުރީމަ



ޓްރެންޑިން