ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ޒާހިރު އިގްބާލް ރަސްމީކޮށް ކައިވެނިކޮށްފިއެވެ.

ހަތް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މި ކައިވެނި ބާއްވާފައި ވަނީ މުމްބާއީގައި ހުންނަ ސޮނާކްޝީގެ ގޭގައެވެ. ސޮނާކްޝީގެ ކައިވެނީގެ ޕާޓީގައި، އެދެމަފިރިންގެ އާއިލާ އާއި ގާތް ރައްޓެހިން އަދި ބައެއް ފިލްމީތަރިން ބައިވެރިވެފައި ވެއެވެ.

މި ކައިވެންޏަށް ދިޔަ ބައެއް މެހެމާނުންގެ ތެރޭގައި ސޮނާކްޝީގެ އެންމެ ފަހުން ފެނިގެންދިޔަ ފިލްމު، "ހީރާމަންޑީ" ގެ ކޯ އެކްޓަރުންކަމަށްވާ އަދީތީ ރާއޯ ހައިދާރީ އާއި އޭނާގެ ފިރިމީހާ ސިދާތު ވެސް ބައިވެރިވިއެވެ.

"ނޯޓްބުކް" އިން ފުރަތަމަ ފަހަރަށް ފެނިގެންދިޔަ ޒާހިރު އިގްބާލް އަކީ މުސްލިމަކަށް ވާއިރު މި ކައިވެންޏަށް ފަހުން ސޮނާކްޝީވެސް އިސްލާމް ވާނެކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން މިހާރު ދަނީ ބުނަމުންނެވެ. އަދި މި ދެތަރިންގެ ކައިވެނި އާންމުކޮށް ހިންދޫންގެ ކައިވެނިތަކާއި ތަފާތުވުމުން އެ ކަމަށްވެސް ބައެއް ނޫސްތަކުން ދަނީ އިޝާރާތް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

ސޮނާކްޝީ އާއި ޒާހިރުގެ ކައިވެނީގެ އުފަލުގައި އެދެތަރިންގެ ފޭނުން ވެސް ދަނީ ބައިވެރިވެ، މީސްމީޑިއާ މެދުވެރިކޮށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން