ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ މާދަމާ ހެނދުނު ކުޑަވަގުތުކޮޅަކަށް ހުޅުމާލެއިން ކަރަންޓު ކެނޑިގެންދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ ބައި ގަޑިއެއްހާއިރަށް ކަމަށެވެ. އެގޮތުން ކަރަންޓުގެ ހިދުމަތް ކެނޑޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަަވަހިން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ މާދަމާ ހެނދުނު 6:00 އިން 6:30 އާ ދެމެދުގެ ވަގުތު ތަކުގައެވެ.

އެއީ ހައިވޯލްޓޭޖް ގްރިޑް ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން