މާލޭ ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައި ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕާކް ކޮށްފައި އޮތް ވޭނުގައި އެއްޗެއް ގޮވައި ވޭނުގެ ބިއްލޫރިތައް ވަނީ އެއްކޮށް ތަޅައިގެން ގޮސްފައެވެ.
އެ ސަރަޙައްދުގައި ސިފައިންނާއި ފުލުހުން ޙަރަކާތްތެރި ވަމުންދާއިރު މުޅި ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގެ ތެރެއިން ބާރުގަދަ އަޑެއް ގޮވައިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.
ޙާދިސާއާ ގުޅިގެން އެމްއެންޑީއެފުން މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު