ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އެ ދަތުރުފުޅުކުރައްވަން ނިންމެވިކަން ހާމަކުރީ ސްރީލަންކާގެ ނޫހެއް ކަމަށްވާ ސްރީލަންކާ ގާޑިއަނުން ނެވެ.
ރާއްޖޭގެ ރައީސް އޮފީހުގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނީ ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ވިޔަފާރިއާއި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރުން ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ ކަަމަށް ވެސް އެ ނޫހުން ބުނެއެވެ.
ރައީސް ލަންކާއަށް ވަޑައިގަންނަވާއިރު ޖިނާއީ މައްސަލަތަކުގައި ރާއްޖެއިން ލަންކާއާއެކު ގުޅިގެން މަސައްކަތް ކުރަން މުއާހަދާއެއްގައި ބައިވެރިވުމަށް ނިންމައި އެ މުއާދާގައި ބައިވެރިވުމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ފޮނުވައިފަ އެވެ.
މިއީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމުގެ ބޭނުމަށާއި އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިނާއީ މައްސަލަަތައް ތަހުގީގުކުރުމާއި ޝަރީއަތް ހިންގުމުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދިނުމަށް އެކުލަވާލައިފައިވާ މުއާހަދާއެކެވެ.

ކިޔުންތެރިންގެ ހިޔާލު