ކޯވިޑް-19 އަށް ޗައިނާ އިން އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.
ޗައިނާ އިން ހުއްދަ ދިނީ އެޤައުމުގެ އެކަޑަމީ އޮފް މިލިޓަލީ މެޑިކަލް ސައިންސް އާއި ޗައިނާގެ ބައޯޓެކް ކުންފުނި ކެންސިނޯ ބައޯލޮޖިކްސް ގުޅިގެން އުފެއްދި ވެކްސިނަށެވެ. މި ވެކްސިން ނޭޝަނަލް އިންޓަލެކްޗްއަލް ޕްރޮޕަޓީގައި ޕޭޓެންޓް ކުރީ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އޮގަސްޓް 11 ވަނަ ދުވަހުއެވެ.
"އޭޑީ5- އެންކޯވް" ގެ ނަން ދީފައިވާ މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނީ ފުރަތަމަ ދެމަރުހަލާގައި ކުރި ތަހްލީލްތަކުން މިއީ ބޭނުން ކުރުން ރައްކާތެރި، އަދި ކޯވިޑް-19 އިން ދިފާއު ކޮށްދޭނެ ވެކްސިނެއްކަން ކަށަވަރު ވުމުންނެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން ނަމަވެސް މި ވެކްސިންގެ ތިން ވަނަ މަރުހަލާގެ ތަހްލީލްތައް އަދި އޮތީ ކުރިއަށެވެ.
މި ވެކްސިންގެ ތަހްލީލްތަކުން ދައްކާގޮތުގައި މި ވެކްސިންގެ އެއްޑޯޒް ދިނުމުން ވެސް ކޯވިޑް-19 އިން ހަށިގަނޑު ދިފާއު ކޮށްދެއެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ދެޑޯޒް ދޭން ޖެހޭނެއެވެ.
ޗައިނާ އިން ކުރިން ބުނެފައިވާ ގޮތުގައި އެގައުމަށް ކޯވިޑް-19 އަށް ވެކްސިނެއް ހޯދިއްޖެނަމަ ވަކި ގައުމެއް ތަފާތު ކުރުމެއް ނެތި ހުރިހާ ގައުމަކަށް ވެސް ވެކްސިން ފޯރުކޮށްދޭނެއެވެ. މިއީ ކޯވިޑް-19 އިން ދިފާއު ވުމަށް އުފެއްދި ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދިން ދެވަނަ ފަހަރެވެ. ކޯވިޑް-19 އަށް އުފެއްދި ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ފުރަތަމަ ދީފައި ވަނީ ރަޝިއާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު