އިންޑިޔާގެ ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕުތު
އިންޑިޔާގެ ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕުތު
އިންޑިޔާގެ ފިލްމީތަރި ސުޝާންތު ސިންގ ރާޖްޕުތުގެ ކުއްލި މަރަކީ ބަޔަލު ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ސުސާންތު މަރުވީ އަމިއްލައަށް ކަމަށް އޭނާގެ ކުއްލި މަރާއި ގުޅިގެން ތަހުގީގު ހިންގުމަށް އުފައްދާފައިވާ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް)ގެ ފޮރެންސިކް ބޯޑުން ނިންމައިފިއެވެ.

އެއިމްސް ގެ ތަހުގީގު ރިޕޯޓާ ބެހޭގޮތުން، މީޑިޔާތަކަށް މަޢުލޫމާތު ދެމުން، ސުޝާންތު ސިންގ ރާޖްޕުތު މަރުވެފައިވަނީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ނިންމާފައިވާކަމަށް އެއިމްސްގެ ފޮރެންސިކްގެ އިސްފަރާތެއްކަމަށްވާ ޑރ. ސުދީރު ގުޕްތާ ހާމަކޮށްފައިވެއެވެ.

ޑރ. ސުދީރު ގުޕްތާ ބުނެފައިވާގޮތުން، ސުޝާންތަށް މީހަކު އަނިޔާކޮށްފައި ނުވަތަ ގަދަކަމުން ކަމެއް ކުރަން މީހަކު އުޅެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ސުޝާންތުގެ ހަށިގަނޑުން އަދި ލައިގެން ހުރި ހެދުމަކުންވެސް ފާހަގަ ވެފައެއް ނުވެއެވެ. އަދި ސުޝާންތުގެ ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުގައި، ސުޝާންތުގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރެއް ހުރިކަމަކަށް ވެސް ދައްކާފައި ނުވާ ކަމަށް ޑރ. ސުދީރު ގުޕްތާ ބުނެފައިވެއެވެ.

މިހެންކަމުން ސުޝާންތުގެ ކަރުން ފެންނަ ހުރި ނިޝާނަކީ އަމިއްލައަށް ދަންޖެހުމަށް ބޭނުންކުރި އެއްޗެހީގެ ނިޝާންކަމަށްވެސް ޑރ. ސުދީރު ގުޕްތާ ބުނެފައިވެއެވެ.

މިމަސައްލައިގެ ތަހުގީގު އިތުރަށް ކުރިއަށް ދާތީވެ އިތުރު ތަފްސީލު ހާމަކޮށް ނުދިން ނަމަވެސް، އެއިމްސް ގެ ތަހުގީގު ރިޕޯޓު، އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނަށް ހަވާލުކޮށްފައި ވާނެކަމަށްވެސް ޑރ. ސުދީރު ގުޕްތާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ކެކެކެ

11-Oct-2020

އެހެންވެގެންނޭ އިންޑިއާ ސިފައިން މިގައުމުގަ ތިބެން ޖެހެނީ.ޓްރެންޑިން