މޯނީ ރޯއީ ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައި ޗުއްޓީ ހޭދަކުރަމުންދަނީ
މޯނީ ރޯއީ ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައި ޗުއްޓީ ހޭދަކުރަމުންދަނީ
އިންޑިޔާގެ ފިލްމީތަރި މޯނީ ރޯއީ ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ހާމަކޮށްފިއެވެ. މޯނީ ޗުއްޓީ ހޭދަކުރަމުންދަނީ ބ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާއިން ފެށިގެން ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އަންނަ މޯނީ ވަނީ އޭނާއަށް 35 އަހަރު ފުރުންވެސް ސޮނެވާފުށީގައި ފާހަގަކޮށްފައެވެ. މޯނީ ރާއްޖޭގައި ހޭދަ ކުރަމުންދާ ދުވަސްތައް ދައްކުވައިދޭ ރާއްޖޭގެ ރީތި ފޮޓޯތަކުން، އޭނާގެ އިންސްޓަގްރާމްއަށް ގިނަބައެއްގެ ލޯތައް ވަނީ ހުއްޓިފައެވެ.

މޯނީ ރޯއީ ވަނީ ކޮވިޑްގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން، މިއަހަރުގެ ފެބްރުއަރީ މަހު ވެސް ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. ފެބްރުއަރީ މަހު އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ހެރިޓަންސް އާރަށުގައެވެ.

2018 ވަނަ އަހަރު ހިންދީ ފިލްމު ގޯލްޑް އިން ފިލްމީ ދާއިރާއަށް ނުކުތް، މޯނީ ރޯޔީ ދެން ފެނިގެންދާނީ އަމީތާބް ބައްޗަން، އާލިޔާ ބަޓް އަދި ރަންބީރް ކަޕޫރާއެކު ބްރަހްމަސްޓްރާ އިންނެވެ.

ފިލްމީ ދާއިރާއިން ފެނިލުމުގެ ކުރިން، 2006 ވަނަ އަހަރުން ފެށިގެން އިންޑިޔާގެ ޓީވީ ޑްރާމާތަކުންވެސް މޯނީ ރޯޔީ ވަނީ ފެނިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން