އިންޑިގޯ އެއަރލައިނުން ރާއްޖެއާއި އިންޑިއާއާ ދެމެދު ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ.



އިންޑިގޯގެ ދަތުރުތައް އޮންނާނީ އިންޑިއާގެ މުމްބާއީއާއި ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދުގައެވެ. ހަފްތާއަކު 2 ދަތުރުކުރުމަށް ހަމަޖެހިފައިވާ މި އެއާލައިންގެ ފްލައިޓްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި އާދީއްތަ ދުވަހު އިންޑިއާގެ މުމްބާއީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ކޯވިޑަށްފަހު އިންޑިގޯ އެއަރލައިން ރާއްޖެއަށް ދަތުރުތައް އަލުން ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ. މިއާ އެކު އިންޑިގޯއިން ދަނީ އިންޑިއާގެ ކޮޗިން އާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ހަފްތާއަކު ތިން ދަތުރުކުރަމުންނެވެ.

އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފުރަތަމަ ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން އިންޑިގޯއިން ކޮންމެ ހަފްތާއަކު އިންޑިއާގެ މުމްބާއީ، ކޮޗިން އަދި ބެންގަލޫރާއި ރާއްޖެއާއި ދެމެދު ފަސް ފްލައިޓް ދިޔައީ ބާއްވަމުންނެވެ. އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ބަޖެޓް އެއަރލައިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން