ކުޑަކުދިންގެ ހިޔާގައި އުޅުނު ކުދިންތަކަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ކުރި މައްސަލައެއްގެ ތަހުގީގު ފުރިހަމަކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އެކުލަވާލައްވާފައިވާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2017 ވަނަ އަހަރު، ހިޔާގެ ކުދިންތަކަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަ 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވީނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާމެދު ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ.
ކޮމިޝަނުން ބުނީ އެ މައްސަލަ ކޮމިޝަންގެ ފަންނީ ލަފާ އާއި މަޝްވަރާއާއެކު ވީއެންމެ އަވަހަކަށް ތަހުގީގުކޮށް ދައުވާ އުފުލަން ޖެހޭ މީހުންގެ މައްސަލަތައް ފޮނުވުމަށް ޕީޖީއަށް ގާނޫނު އަސާސީއިން ލިބިދޭ ބާރުގެ ދަށުން ފުލުހުންގެ މައްޗަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އަމުރެއް ނެރެފައިވާ ކަމަށެވެ.
އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު މިހާތަނަށް 24 ފަރާތަކާ ސުވާލުކޮށްފައިވާއިރު ފަސް ކުޑަކުއްޖަކާވެސް ސުވާލުކޮށްފައިވާ ކަމަށާއި، މިމައްސަލަ ތަކުގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ކޮމިޝަންގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު