މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންދިއުން (ފޮޓޯ: އެމްޓީސީސީ)
މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލަ އެރަށަށް ގެންދިއުން (ފޮޓޯ: އެމްޓީސީސީ)
ނ.މިލަދޫގައި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ، މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 248 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 286 މީޓަރ އެއްގަމު ތޮށި ހެދުމާއި، 137 މީޓަރ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1430 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 36,215 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 20 މީޓަރ ގްރޯއިން ޖެހުމާއި، 14 ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2 ނެރުބައްތި ޖެހުން ހިމެނެއެވެ.

42 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް 25 ސެޕްޓެމްބަރ 2019 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން