ގައުމީ ޔުނިވާސިޓީގެ ޗާންސެލަރް ޑރ. ހަސަން ހަމީދު
ގައުމީ ޔުނިވާސިޓީގެ ޗާންސެލަރް ޑރ. ހަސަން ހަމީދު
އަންނަ އަހަރު ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރުވެ ކިޔަވައިދޭން ފެށޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް ގައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ހަސަން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންނާއިއެކު ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އެވްރެޖް 24.3 އަށް މަދުވެފައިވާ ކަމަށެވެ. މިއީ ޖުލައި މަހުގެ ނުވަވަނަ ދުވަހަށް ފަހު މިއަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރުކަމަށް ޑރ. ހަސަން ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރަށް ޑރ. ހަސަން ހަމީދު ވިދާޅުވީ ކޯވިޑް-19ގެ ކޭސްތައް މިހާ މަދުވެފައިވާއިރު އަންނަ އަހަރު ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރުވެ ކިޔަވައިދިނުން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"އިލްމަކީ ކުލާސްތަކުގައި ޓީޗަރާއި ދަރިވަރު ހަމަ ލޮލަށް ފެނިގެން އުނގަނައި ދެވޭނެ އެއްޗެއް" ކަމަށްވެސް ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.



މިއަހަރުގެ އޭޕްރީލް މަހު 15ވަނަ ދުވަހު މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ސްކޫލްތަކާއި ކޮލެޖްތަކާއި ގައުމީ ޔުނިވަސިޓީ ބަންދުކުރި ފަހުން އަދި ކޮލެޖްތަކާއި ޔުނިވަސިޓީއަށް ދަރިވަރުން ހާޒިރުވެ ކިޔަވައިދިނުން ކުރިއަކަށް ނުގެންދެއެވެ.

ނަމަވެސް ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގެ ކިޔެވުމް މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޯވިޑް-19 އާ ގުޅިގެން މިއަހަރު ކުރިޔަށްދާ ދިރާސީ އަހަރު އަންނަ އަހަރު ޖޫންމަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، މިހާރު ސްކޫލްތައް ވަނީ ޓާމް ޗުއްޓީއަށް ބަންދު ކޮށްފައެވެ. ދެވަނަ ޓަރމަށް ސްކޫލްތަކުގެ ކިޔެވުން ފަށާނީ ޖަނަވަރީ މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން