ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލައިފް ސަޕޯޓު" އިން އައްޑޫސިޓީ ހިތަދޫގައި އާ ބޭސް ފިހާރައެއް ހުޅުވައިފިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ އިމަޖެންސީ ގޭޓު ކުރިމައްޗަށްވާ ގޮތަށް ބުދަފުވަހުގެ ރޭ ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އައްޑޫ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓު ހޯއްދަވާފައިވާ އަލީ ނިޒާރުއެވެ.
ލައިފް ސަޕޯޓުގެ މި ފިހާރައިން މަޝްހޫރު އެބޮޓް ކުންފުނީގެ ބޭސްތަކާއި، އިގިރޭސި ވިލާތާއި ދުބާއިން ގެނެސްގެން ވިއްކާ ޕްރޮޑްކްޓްތަށް ލިބޭން ހުންނާނެ އެވެ. ބުދަ ދުވަހުގެ ރޭގައި އޮތް ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަބްދު ﷲ މައުމޫން ވިދާޅުވީ އައްޑޫގައި ހުޅުވި ފިހާރައިން އެކުންފުނީގެ މާލޭގައި ހުރި ފިހާރަ ތަކުގައި ވިއްކާ އަގުގައި ހުރިހާ ބާވަތެއްގެ ޕްރޮޑަކްޓު ލިބޭނެކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އިތުރު ޕްރޮޑަކްޓްސްތައް އައްޑޫއަށް ގެނެވޭނެކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުވުނު ލައިފްސަޕޯޓް ފިހާރައިންވެސް އެކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ޕްރޮޑަކްޓެއްވެސް ލިބެހުންނާނެ ކަމަށެވެ. އެގޮތުން އަންހެންބޭފުޅުންނަށް ހާއްސަ ބެލާ ޕްރޮޑަކްޓްސް އާއި އެންޝުއާ، ވައިޓަވައިޓިކްސް، ޕިޖަން ބްރޭންޑުގެ ސާމާންގެ އިތުރުން، ސްޓާބާމް ޕްރޮޑަކްޓުތަކަކީ އިތުބާރު ހިފޭ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވިއްކާ ޕްރޮޑަކްޓްސްތައް ކަމަށެވެ.
ލައިފް ސަޕޯޓުގެ ތިން ފިހާރައެއް މިހާރުވެސް މާލޭގައި ހިންގަމުން އަންނަ އިރު މިދިޔަ އަހަރު މޭއި މަހު އެކުންފުނިން ވަނީ "ސަފެއާ"ގެ ނަމުގައި މޭކަޕް ކުރާ ޕްރޮޑަކްޓްތަކާއި ސެންޓުގެ އިތުރުން ޕާސަނަލް ކެއާއަށް ބޭނުންވާ ޕްރްޑަކްޓް ވިއްކާ ފިހާރައެއް ހުޅުވާފައެވެ.
އަދި މީގެ އިތުރުން ލައިފް ސަޕޯޓުގެ ހޯލްސޭލް ސެންޓަރއެއް ހެދުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ. އެ ހިދުމަތް އަންނަ އަހަރު ފޭށޭވަރުވާނެކަމަށް ބެލެވެއެވެ. ހޯލްސޭލް އަދި ރީޓެއިލް ކޮށް ބޭސްވިއްކުމުމުގައި ފާހަގަކޮށްލެވޭ އެކުންފުނިން ވަނީ އިތުރު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްވެސް ނިއްމާފައެވެ. އެގޮތުން ގޭގެއަށް ގޮސް ބަލިމީހުންގެ ސާމްޕަލް ނެގުމާއި، ބްލަޑްޝުގާ ޗެކްކޮށްދިނުމާއި، ނެބިއުލައިޒް ކުރުމާއި، ޓިއުބް ފީޑިން އަދި އިންޖެކްޝަން ޖަހައިދިނުމުގެ ހިދުމަތް ހިމެނެއެވެ.
މީގެ އިތުރުން ލައިފް ސަޕޯޓްގެ ސިސްޓަރ ކުންފުނި ޕައިތަން އިން އޮންލައިންކޮށް ހިންގަމުން އަންނަ ފާމަސީ އެމްވީގެ ހިދުމަތްތަށްވެސް އަންނަ އަހަރުން ފެށިގެން އައްޑޫސިޓީއިންވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރުދަނީ މަސައްކަތްތައް ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު