މެލޭޝިޔާއިން ފައިޒަރ ކުންފުނިން ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިނުގެ އިތުރު 12 މިލިއަން ޑޯޒު ގަތުމަށް ނިންމައި އޯޑަރު ކޮށްފައިވާކަމަށް މެލޭޝިޔާގެ އިދާރާ ތަކުން ހާމަކޮށްފިއެވެ.

މެލޭޝިޔާއިން އިތުރު ވެކްސިން ގަތުމަށް ނިންމައިފައިވާއިރު، މެލޭޝިޔާގައި ކޮވިޑް ޖެހޭމީހުންގެ އަދަދު ގިނަވެ މެލޭޝިޔާގައި ދޫދެމުންދިޔަ ލޮކްޑައުންގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވެސްވެއެވެ. މިއާއެކު މެލޭޝިޔާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ވެކްސިންގެ 12.8 މިލިއަން ޑޯޒު ގަތުމަށް މެލޭޝިޔާގެ ސަރުކާރުން ވަނީ ފައިޒަރ ކުންފުންޏާ އެކު އެއްބަސްވެފައެވެ.

މިއެއްބަސްވުމުގެ ދަށުން ގެނެވޭ ވެކްސިނުން، މެލޭޝިޔާގެ އާބާދީގެ 39 އިންސައްތަ މީހުންނަށް ވެކްސިން ފޯރުކޮށްދެވޭނެކަމަށް މެލޭޝިޔާގެ ހެލްތު މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން އެސްޓްރާޒެނެކާ ކުންފުނިންނާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިނާ އެކު މެލޭޝިޔާގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިން ފޯރުކޮށްދެވޭނެކަމަށް މެލޭޝިޔާގެ ހެލްތު މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ވެކްސިނާ ބެހޭގޮތުން މަޢުލޫމާތު ހިއްސާ ކުރުމުގެ ކުރިން، މެލޭޝިޔާގެ ބޮޑުބަޔަކަށް ވަނީ ލޮކްޑައުންގެ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. މިގޮތުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގެ އިތުރުން ފަސް ސްޓޭޓް އަކުން ވަނީ ދަތުރު ފަތުރު ކުރުމަށް މަނާކޮށްފައެވެ. މީގެ އިތުރުން މިސަރަހައްދުތަކުގައި އާންމު ތަންތަނުގައި އެއްވެ އުޅުމާއި، ރެސްޓޯރެންޓް ކެފޭފަދަ ތަންތަނުން ޓޭކްއައުޓްގެ ހިދުމަތް ފިޔަވާ އެހެން ހިދުމަތްތައް ދިނުން މަނާވެފައިވެއެވެ.

މެލޭޝިޔާގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް ގިނަބަޔަކު ދެކެނީ މިހާރު މެލޭޝިޔާގައި ކުރިއަށްދަނީ ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅުކަމަށެވެ. ނުރައްކާތެރިކަން އިތުރުވެެފައިވަނީ ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 3000 އަށް ވުރެއް މައްޗަށް ދާންފެށުމާއެކުއެވެ.

މީގެ ކުރިން މެލޭޝިޔާއިން ވަނީ ކޮވިޑު ފެތުރުން ކޮންޓްރޯލްކޮށް މެލޭޝިޔާގެ ލޮކްޑައުންއަށް ގިނަ ލުއިތަކެއްދެވި، ގިނަ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމަށް ހުރަސް އަޅަމުން ދިޔަ މޫވްމެންޓް ކޮންޓްރޯލްގެ ގަވާއިދަށް ލުއި ދިނުމަށްވެސް ފަށާފައިވެއެވެ.

ނަމަވެސް މެލޭޝިޔާގައި ދޫދެމުންދިޔަ ލޮކްޑައުންގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ މެލޭޝިޔާގައި ކޮވިޑް ޖެހޭމީހުންގެ އަދަދު ގިނަވުމާއެކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން