ކޮވިޑު ދެކެ ބިރުން ދަތުރު ކުރަން ނުކެރިގެން ކަމަށް ބުނެ އެމެރިކާގެ އެއަރޕޯޓެއްގައި ތިން މަސް ދުވަސް ހޭދަކުރި 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގައި ދިރިއުޅެމުންދާ އަދިއްތިޔަ ސިންގ ނަމަކަށް ކިޔުނު މިފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ޗިކާގޯގެ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލަކުންނެވެ. ހައްޔަރު ކުރި ފަހުން މިފިރިހެންމީހާ ބުނެފައިވަނީ އެއަރޕޯޓުގައި ތިން މަސް ދުވަސް ހޭދަކުރީ ކޮވިޑާ ހެދި ދަތުރުކުރަން ބިރުންކަމަށެވެ.

އަދިއްތިޔަ ސިންގ އެމެރިކާގެ ޗިކާގޯގެ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއަށްފަހު އޭނާ ދިރިއުޅެމުން ދިޔައީ އެއަރޕޯޓުގެ ސެކިއުރިޓީ ޒޯނުގައެވެ. ހުއްދަނެތި ތިން މަސް ދުވަހު އަދިއްތިޔަ އެއަރޕޯޓުގައި ދިރިއުޅެމުންދާކަން ފަޅާއަރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދިއްތިޔަގެ ހަގީގަތް ފަޅާއެރީ އެއަރލައިނެއްގެ ދެ މުވައްޒަފުން، އަދިއްތިޔަ ސިންގ ކައިރީގައި ކާކުކަން އަންގައިދޭ ލިޔުމެއް ދެއްކުމަށް އެދުނު ހިސާބުންނެވެ.

ކާކުކަން އަންގައިދޭ ލިޔުމެއް ދެއްކުމަށް އެދުމުން އަދިއްތިޔަ ސިންގ ދައްކާފައިވަނީ އޭނާ ގެންގުޅުނު ނަން ބެޖެކެވެ. ނަމަވެސް މިނަން ބެޖަކީ އެއަރޕޯޓުގެ އެހެން މުވައްޒަފެއްގެ އަތުން ގެއްލިފައިވާ ބެޖެކެވެ. މިއާއެކު އެއަރޕޯޓުގެ ހުއްދަނޫން ސަރަހައްދެއްގައި އުޅުމުގެ ކުށުގައި އަދިއްތިޔަ ސިންގ ވަނީ ހައްޔަރުކޮށްފައެވެ.

މިހާދިސާ މިހާރު ތަހުގީގު ކުރަމުން ދާއިރު، އަދިއްތިޔަ ސިންގ ތިން މަސް ދުވަސް އެއަރޕޯޓުގައި ހޭދަކުރީ އެއަރޕޯޓަށް ފުރުމަށް އަންނަ ފަސިންޖަރުން ހަދިޔާކުރި ކާބޯތަކެތީގެ އެހީތެރިކަމާއެކު ކަމަށް އަދިއްތިޔަ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން