ބައްޔަކީ ހަމައެކަނި ނުބައި މީހުންނަށް ޖެހޭ އެއްޗެއް ނޫން ކަމަށާއި، އެއީ އެންމެންނަށްވެސް ޖެހޭ އެއްޗެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒާހިރު މިއަދު ވިދާޅުވީ، ބަލި ޖެހެނީ މީހަކު ގޯސްވެގެން ކަމަށް ބަލައި އެމީހަކާމެދު ނުބައިކޮށް ދެކިގެން ނުވާނެ ކަމަށެވެ.
"ކޯވިޑް-19 ގެ ބަލި އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެމީހަކަށްވެސް ޖެހިދާނެއެވެ. ބަލި ޖެހެނީ މީހަކު ގޯސްވެގެން ކަމަށް ބަލައި އެމީހަކާމެދު ނުބައިކޮށްދެކިގެން ނުވާނެއެވެ. ބައްޔަކީ ރަގަޅުމީހުންނަށާއި ނުބައި މީހުންނަށްވެސް ޖެހޭ އެއްޗެކެވެ." ޝައިޚް ޢަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވެއެވެ.
މީގެ އިތުރުން ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ރަނގަޅު ހެޔޮ ޢަމަލުގެ މަތީގައި ހުރިމީހަކަށް ދެރަގޮތެއް ނެތް ކަމަށެވެ. އަދި ރަގަޅު ސިއްޙަތުގައި ﷲ އަށް ޝުކުރު ކުރާނެ ކަމަށާއި، ބަލި ޙާލުގައި މިންވަރުފުޅަށް ރުހި ކެތްތެރި ވާނެ ކަމަށް ވިދާޅުވިއެވެ.
ޝައިޚް ޢަލީ ޒާހިރުގެ ޓްވީޓް ނިންމަވާ ލައްވާފައި ވަނީ، މިބަލިމަޑުކަމުން ސަލާމާތް ކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ޝައިޚް ޢަލީ ޒާހިރު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު އެޗްޕީއޭގެ ޑޮކްޓަރުންވެސް ވަނީ ބަލި ޖެހޭ މީހުންނާމެދު ނޫނީ އެކަހެރިކުރެވޭ މީހުން އަލުން މުޖުތަމަޢަށް އައުމުން އެމީހުންނާމެދު އިހާނެތިކޮށް ކަންތައް ކުރަމުންދާތީ އެކަމާމެދު ކަންބޮޑުވުން ވާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު