އިނގިރޭސިވިލާތުގެ ރޯޔަލް އާއިލާއަށް ނިސްބަތްވާ ޕްރިންސް ހެރީ ހިއްސާ ކޮށްފައިވާ ފޮޓޯގައި ޕްެރިންސް ހެރީގެ ފައިތިލައިގެ ދަށްފުން ހަޑިކަމުން ގިނަބަޔަކު މަލާމާތްކޮށްފިއެވެ.

ޕްރިންސް ހެރީ އަދި މޭގަން މާކްލް ހިއްސާކޮށްފައިވާ ފޮޓޯ އަކީ އެދެމަފިރިންނަށް ދެވަނަ ދަރިޔަކު ލިބެން އުޅޭކަން އިއުލާން ކުރުމުގެ ގޮތުން ހިއްސާކޮށްފައިވާ ފޮޓޯއެކެވެ. ކަޅާ ހުދުގެ މިފޮޓޯގައި ޕްރިންސް ހެރީގެ އުނގުމަތީގައި އޭނާގެ އަންހެނުން މޭގަން، ބޯއަޅާލައިގެން އޮންނަ މަންޒަރު ފެނެއެވެ.

މިއީ ކިތަންމެ އުފާވެރި މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއްނަމަވެސް ގިނަބަޔަކަށް ފާހަގަވީ ފޮޓޯއިން ފެންނަން އޮތް ޕްެރިންސް ހެރީގެ ފައިތިލައިހެ ދަށްފުށުގެ ހަޑިކަމެވެ. މިކަމާ ބެހޭގޮތުން ގިނަބަޔަކު މީސްމީޑިޔާގައި މަލާމަތް ކުރަމުންދާއިރު، ފައިދޮވުމުގެ އިތުރުން ފައިވާނަކަށް ނުވަތަ ބޫޓަކަށް އެރުމަށް ގިނަބަޔަކު ވަނީ އިރުޝާދު ދީފައެވެ.

ޕްރިންސް ހެރީ އަދި އަންހެނުން މޭގަން މާކްލް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފައިވާއިރު މިދެމަފިރިންގެ ފުރަތަމަ ދަރިފުޅު އުފަންވެފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެމީހުން ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް ލަގަބު ދޫކޮށްލައި އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން