ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
ކޯވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ޖެހިފައިވާ މީހުންގެ ކްލަސްޓާތަކަށް ސިފަ އަންނަމުންދާކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ، ކްލަސްޓާ ފާހަގަކުރެވުމުން ފިޔަވަޅު އެޅުމަށް ފަސޭހަވާ ކަމަށެވެ.

"ލޮކްޑައުނުގެ ހާލަތުގައި ގިނަ ބަޔަކު ތަބާވާކަން ފާހަގަކުރެވޭ، މިހެންވެ ކްލާސްޓާތައް ފާހަގަކުރެވެމުން އެބަދޭ. މިއީ ލޮކްޑައުންގެ ހާލަތު ވީއްލަންވީ ވަގުތެއް ނޫން. މިހާލަތު އަދި ރަނގަޅެއް ނުވޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް ޕޮސިޓިވްވެފައިވާ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އެމީހުންނާއި ގުޅުން ހުރި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި މީހުން ދިރިއުޅޭ ސަރަހައްދުތައް ދެނެގަންނަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ފެތުރިފައިވާ ގޮތް ކޮންމެވެސް ވަރަކަށް ދެނެގަނެވިފައިވާ ކަމަށެވެ. އޭގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުން މަދުން ނަމަވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތާގައި ބަލި ފެތުރެމުންދާ ސަރަހައްދުތައް ދެނެގަތުމަށް އެކި ސަރަހައްދުތަކުން ވަކި އަދަދަކަށް މީހުން ޓެސްޓު ކުރަން ފަށާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 137 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ވެރިރަށް މާލެއިން ޕޮޒިޓިވްވީ މީހުންނެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫން ވެސް ދެ މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން