ރިސޯޓެެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ފަތުރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަނީ
ރިސޯޓެެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ފަތުރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަނީ
މިއަދު ގިނަ ބަޔަކު އުފައްދަމުން ގެންދާ ސުވާލަކީ މިހާރު ކުރިމަތިވެފައިމިވާ ފަދަ ހާލަތަކަށް ގައުމު ތައްޔާރުވެފައިވާ މިންވަރާއި މެދުގައި އުފައްދާ ސުވާލެވެ. އެންމެ ގޯސް ހާލަތަށްވެސް މިއޮތީ ތައްޔާރަށޭ ބުނަމުން އައި ބުނުމަކީ ހަމަ ރަނގަޅަށް ބުނަމުން އައި ވާހަކައެއް ކަމާއި މެދު އުފައްދާ ސުވާލެވެ. ސަރުކާރުން ހަމަ ވަރަށް ބާރުލާފައި ބުނަމުންއައީ ސަރުކާރު އޮތީ އެންމެ ގޯސް ހާލަތަށް ދިޔަޔަސް ކުރިމަތިލާން ތައްޔާރުވެގެން ކަމަށެވެ.

ކޮރޯނާ ވައިރަސް ގައުމަށް އަރާ މުޅި ގައުމު ހިފާ ހައްޔަރުކޮށްފިއެވެ. މުޅި ގައުމުގެ އިޤުތިޞާދު ބަންދުކޮށް ހުއްޓުވާލައިފިއެވެ. ބަލި ޖެހިދާނެތީ ގަންނަ ބިރަށްވުރެ މިއަދު ބިރުބޮޑީ ކޮރޯނާ ވައިރަސް އަރާ ގައުމު އެއްކޮޅުން އަނެއްކޮޅަށް ތަޅާލައި، ދޮވެލާފައި ފައިބައިގެންދާއިރު ގައުމަށާއި ރައްޔިތުންނަށް ވާނެ ގޮތެވެ. ގޭތެރޭގައި ބަންދުވެގެން ތިބެވިދާނެއެވެ. އެކަމަކު އެހެން ތިބެވޭނީ ކިހާ ދުވަހެއް ވެންދެންތޯ މިއީ މިއަދު ކޮށްލަން ހަމަ އެންމެ ރަނގަޅު ސުވާލެކެވެ.

ސަރުކާރުން ބުނަނީ އެމީހުން އެތިބީ މިހާލަތަށް ވެސް އަދި މިއަށްވުރެ ގޯސް ހާލަތަކަށްވެސް ތައްޔާރުވެގެން ކަމަށެވެ. ތެދުފުޅެކެވެ. އެޗްޕީއޭއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އެބަ ބުނެއެވެ. އެކި ފަހަރު އެކި ބޭފުޅުން ގޮވައިގެން މަބްރޫކް ޕްރެސް ދެއްވާތާ ދުވަސް ގަނޑެއް ވެއްޖެއެވެ. ރާއްޖެއަށް މި ވައިރަހެއް އެރީވެސް އެވާހަކަ ދައްކަވާތާ ދުވަސް ތަކެއް ފަހުންނެވެ. އެރި ފަހުން ކޮންމެ ދުވަހަކު ދެއިރު ދެދަޅައަށް މިހާރު އެވާހަކަ އެބަދައްކަވައެވެ. ވަރަށް ފުރިހަމައަށް މައުލޫމާތު ދެއްވައެވެ. ކަމާބެހޭ ބޭފުޅުން އެހެރީ މިދުވަސް އަންނަ އިރަށް ހަމަ ރަނގަޅަށް ހިސާބު ޖައްސަވާފައެވެ.

އެކަމަކު އެއީ އެބޭފުޅުންގެ ދާއިރާއިންނެވެ. ޞިއްޙީ ގޮތުން ޖައްސަވަން ޖެހޭ ހިސާބާއި ކުރައްސަވަން ޖެހޭ މަންޒަރެވެ. ކަރަންޓީނު ކުރަންޖެހޭނެ މިންވަރާއި އެކަހެރި ކުރަން ޖެހޭނެ މިންވަރާއި ބައްދަލުކުރާނެ އެކި ހާލަތުގައި ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ މިންވަރާއި ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހޭނެ މިންވަރާއި އައިސީޔޫއަށް ލައިގެން ފަރުވާ ދޭން ޖެހޭނެ މިންވަރާއި އެކި ހާލަތްތަކަށް ދާއިރު ބަލީގައި މީހުން މަރުވާނެ ކަމަށް ލަފާކުރެވޭ މިންވަރުވެސް އެހެރީ ހިސާބު އަކުރުން ދައްކާފައެވެ.

އެކަމަކު މީހުން ކަރަންޓީނު ކުރާނެ ތަންތަން ހޯދުމާއި އެކަހެރި ކުރާނެ ތަންތަން ހެދުމާއި ޓެސްޓް ކިޓް ހޯދުމާއި ވެންޓިކޭޓަރ ހޯދުމާއި އެނދު ހޯދުމާއި އައިސީޔޫ ހެދުމާއި އިންސާނީ ވަސީލަތް ހަމަ ކުރުމާއި މިހާލަތުގައި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ބޭނުންވާނެ ކަންކަމާއި މެދު ގޮތް ނިންމައި އެކަމާއިމެދު ވިސްނުމަކީ ޞިއްހީ މާހިރުންގެ ނުވަތަ މި ހިސާބު ޖައްސަވާ ޞިއްޙީ ކަންކަމުގެ ތަޖުރިބަކާރު ބޭފުޅުންގެ ކަމެއް ނޫނެވެ. އެކަންކަމަށް ތައްޔާރުވެ އެކަމުގެ ހިސާބު ޖަހަން ޖެހޭނީ އެކަމުގެ މާހިރުންނެވެ.

އެކަމަކު ފަތުރުވެރިކަމާ ބެހޭ ވަޒީރު ރައްޔިތުންނާއި ކުރިމަތިލައްވައި އެހެއްދެވި ގޮތަށް ކޮންމެ ކަމެއްގައި "ބޮޑެއް" ކަޑާލައިގެން ސަޅި ވާހަކައެއް ދައްކާލައިގެން ފުދޭ ވަރަށްވުރެ މިއީ މާ ހައްސާސު މައްސަލައެކެވެ. އަލީ ވަހީދު ރައްޔިތުންނާއި ކުރިމަތިލައްވައި އިންނަވައިގެން މާ "ފޮނި" ގޮތަކަށް ކަރަންޓީނު ކުރާން ޖެހިއްޖެއްޔާ ގައުމުގެ ހުރިހާ ރިސޯޓްތަކެއް ވެސް އެކަމަށް އެބަހުއްޓޭ ވިދާޅުވުމަކުން އަދި ނުފެދޭކަން މިއަދު މިވަނީ ސާބިތު ވެފައެވެ. އަދި ބޭނުމިއްޔާ ފްލޯޓިންގ ހޮސްޕިޓަލްވެސް ގެނެވޭނެއޭ ވިދާޅިވެ ފޮނި ބުރުވާލާހެން އެކަންކަން ނުވާނެކަން މިއަދު މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.

އެންމެ ކުޑަމިނުން ރިސޯޓްތައް ބަންދުކުރުމުން މާލެއަށް އައިސް ހާލުގައި ޖެހުނު އެކި ރަށްތަކުގެ މީހުންނަށް ގޮތެއް ހޯދައިދީ އެމީހުން ރަށަށް ފޮނުވާ ލުމަކީވެސް އެމަނިކުފާނުގެ ހިކުމަތު ޢަމަލީގައި ކުރިން ރޭވިފައި ހުރި ކަމަކަށް ނުވިއެވެ. މަޖުބޫރުން ނޯޕޭ ލީވް ޗިޓް ދީފައާއި މުސާރައިގެ ބައިކުޅަބައި ދީފާ ރަށުން ބޭރުކޮށްލި ގިނަ މީހުން އަދިވެސް އެތިބީ ރަށަށް ނުދެވި ދަތި ހާލުގައެވެ. މިދަންނަވަނީ އަތްމަތި ހުސްވިފަހުން ގެސްޓް ހައުސްއަކުން ނިދާލަން ކޮޓަރިއެއް ނުދޭވާހަކައެއް ނޫނެވެ. މައްސަލައަކީ ފްލޯޓިންގ ހޮސްޕިޓަލް ގެންނަ ހިސާބަށް ފިކުރާއި ވިސްނުން ހުރި ވަޒީރަކަށް، ރިސޯޓްތައް ބަންދުކުރާނެ ކަމާއި ބަންދުކުރީމާ އެތާގައި ތިބި މުވައްޒަފުންނަށް ވާނެގޮތުގެ ތަސައްވަރެއް ކުރެވިފައި ނެތްކަމެވެ. އެމީހުން ހުސްއަތާ އައިސް އަރާނީ މާލެއަށްކަން ވަޒީރުގެ ހިކްމަތު ޢަމަލީގެ ދުރުމީއަށް އަރާފައި ނެތުމެވެ.

ރިސޯޓްތަކުން އެންމެ ފަހު މީހާ ފުރައިގެން ދިއުމުން 14 ދުވަހުގެ ކަރަންޓީން ހަމަކޮށްފައި މާލެ އެރިއިރު ގިނަ މުވައްޒަފުންގެ އަތުގައި އޮތީ ހުސް ކަރުދާސްކޮޅެކެވެ. އޭގައި އޮތީ ކޯވިޑް-19އާއި އެކީގައި ނޯޕޭލީވް ދެއްވި ވާހަކައެވެ. އަނެއްބައި މުވައްޒަފުންގެ އަތުގައި ހުރި މަހު މުސާރަކޮޅު ހުސްވީ ގެސްޓް ހައުސްއަށެވެ.

މިގޮތަށް ކަރަންޓީނުގެ 14 ދުވަސް ހަމަކޮށްފައި އައިސް ގެސްޓް ހައުސް އެއްގައި ތިބި ބަޔަކު ލިޔެފައިވާ އެފް ބީ ޕޯސްޓެއްގައި ވެއެވެ. "ރިސޯޓުން މާލެ އެރިތަނާ މާލެ ލޮކްޑައުން ކޮށްފިއެވެ. ދެން ރަށަށް ދެވޭގޮތް ނުވެގެން ގެސްޓް ހައުސްއަށް ކުލިދައްކާލަ ދައްކާލަ ތިއްބާ އަތްމަތި ހުސްވެއްޖެއެވެ. އަތްމަތި ހުސްވެ ހާލުގައި ޖެހުނީމާ ރޮއިގަތީ ގެސްޓް ހައުސް ހިންގާ ފަރާތުގެ ކައިރީގައެވެ. ގޮތެއް ފެންނަންދެން ހިލޭ ތިބެވޭނެ ގޮތް އޭނާގެ ހެޔޮކަމުން ހަމަޖައްސައިދިނެވެ. އެކަމަކު އެހެން ތިއްބާ ތަނުގެ އޯނަރު އެމްއެންޑީއެފުން ބޭނުންވެގެން އިމާރާތް ދޭން ނިންމުމާއެކު އަނެއްކާވެސް ތަނުން ނުކުންނަން ޖެހިއްޖެއެވެ. އޯނަރު އެންގީ އެހެން ގެސްޓް ހައުސް އަކަށް ދިއުމަށެވެ. އެކަމަކު ރެންޓް ދައްކާން ޖެހެއެވެ. ދެން ގުޅީ ޖެންޑަރ މިނިސްޓްރީއަށާއި އެޗްޕީއޭއަށެވެ. އެމީހުންގެ ހަމަ އާދައިގެ މަތިން، އެބައަންނަމޭ ބުނެ ދެފަހަރަކު ދެގަޑިއެއް ދީފައި އޮއްވާ ދެމީހަކު އައިސް ދިނީ ދެ އޮފްޝަނެކެވެ. އެއީ ވަގުތުން ތަން ހުސްކޮށް ނުކުތުން ނުވަތަ ކުރިން ބުނި، އެއްކަލަ ގެސްޓް ހައުސް އަށް ބަދަލު ވުމެވެ." އެންމެފަހުން ނުކުމެގެން ގޮސް ފުލުހުންގެ މަރުކަޒެއްގައި ތިބިކަމަށްބުނެ، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ހަމީހުން ހިމެނޭ ގްރޫޕަކުން އެފް ބީ ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

ރަސް އޮންލައިން އިން މީގެ ކުރިން ޝާއިޢުކޮށްފައިވާ ހަބަރަކަށް ކިޔުންތެރިޔަކު ކޮމެންޓް ބޮކްސްގައި ލިޔެފައިވާގޮތުން ބައެއް ރިސޯޓްތަކުން ރޯދަމަހުގެ ޢިނާޔަތް އަދި މިހާތަނަށްވެސް ދީފައި ނުވެއެވެ. އެގޮތުން އޭނާ މަސައްކަތް ކުރަމުން އަންނަ ރިސޯޓުން އިނާޔަތް ދީފައިނުވާކަން ފާހަނގަކޮށް އޭނާ ބުނެފައިވަނީ ރަށަށް ނުދެވިފައި އެމީހުން ލޯކަލް ސްޓާފުންގެ ގިނަބަޔަކު ރިސޯޓުގައި ތިބޭތާ މަހެއްހާ ދުވަސް ވެއްޖެކަމަށާއި ތަނުގެ ކެއުންވެސް ވަރަށް ދެރަވަރު ކަމަށެވެ. 

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބެލެނިވެރިޔާ ގެއްލިގެން ޓީމުން މިހާރުވަނީ އެ ވަޒީރު ވީތަނެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޓީމުގެ އިސް ބޭފުޅަކު ކުރައްވާފައިވާ ޓްވީޓެއްގައިވެސް ކަރަންޓީންގެ މުއްދަތު ހަމަކޮށްފައި މާލެއައި ކުދިންގެ ހާލަތު ބަޔާންކުރައްވާފައި ވެއެވެ. "ރިސޯޓު ތަކުން މާލެއައިސް ރަށަށް ނުދެވި އަދި ރިސޯޓް ތަކުގައި މާލެ ނާދެވި ތިބި ދިވެހީން ތިބީ ވަރަށް އުނދަގޫ ހާލަތެއްގައި. އަތުގައި ހުރި ފައިސާކޮޅު ކުލިދައްކައި، ރިސޯޓް ޝޮޕަށްދީ ހުސްވެއްޖެ." ފަތުރުވެރިކަމާ ބެހޭ ވަޒީރަށް ޓެގް ކުރައްވައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޓީމުން ވެސް އެހޯދަނީ އެވަޒީރު ގެއްލިގެންނެވެ. އަޅުގަނޑުމެންވެސް މިދައްކަނީ އެވާހަކައެވެ. މިހާރު އެއްކަލަ މޮޅު ރޭވުންތެރި ވަޒީރު ވީ ރާއްޖެއެއްވެސް ނޭނގެއެވެ. ފަހަރެއްގައި އެވިދާޅުވި ފްލޯޓިންގ ހޮސްޕިޓާ ބަލާ ވަޑައިގެންނެވީކަންވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެއްކަލަ ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން އެއްބަޔަކު ވަޒީފާއިން އަތް ދޮވެލާފައި އަނެއް ބަޔަކު މަހެއްގެ މުސާރަ ހިފައިގެން ވީހާލެއްގައިވާން ވެސް އަންނާނެކަން އެނގިވަޑައި ނުގެންނެވި ކަމެވެ. އެމީހުން އޮޑިއަކަށް ލާފައިވިޔަސް ރަށަށް ފޮނުވާލުމުގެ ފިކުރެއް ވިސްނުމެއް ނެތްތާނގައި މިހާރު އެއުޅޭ ހާލު ނޫން ތަންކޮޅެއް ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެވޭނެ ކުޑަވެސް ފިކުރެއް ޚިޔާލެއް ކޮށްލައްވަންވެސް އެނގިވަޑައި ނުގެންނެވި ކަމެވެ. އެމަނިކުފާނު މާކުރިން އެ ހެއްދެވި އެސްއޯޕީ ގެއްލުނީކަން ނޭނގެއޭވެސް އެކަކު ލިޔެފައި އޮތެވެ.

އެހެންވީމާ މިއޮތީ ހަމަ މިހާރު އެވިދާޅުވާހެން މިކަމަށް އެންމެ ބޮޑަށް، އެންމެ ދުރާލާ ތައްޔާރުވެ ވަޑައިގެން ހުންނެވި ފަތުރުވެރިކަމާބެހޭ ވަޒީރުގެ އެންމެ ގޯސް ހާލަތުގެ ތައްޔާރީތައް ވަރަށް ރަނގަޅަށް ސާފުވެފައެވެ. މިހާލަތުގައި އިތުރަށް އެއްޗެއް ދަންނަވައިފިއްޔާ ގޯސްވާނީ އެވާހަކަ ދައްކާ ބައެކެވެ. އެހެންވީމާ މީ ނުދައްކާ ވާހަކައަކަށް ހަދާފައި ހުއްޓާލީއެވެ.


ކިޔުންތެރިންގެ ހިޔާލު


17

ނަޖީ

26-Apr-2020

މާލެޔައް ކޯވިޑު 19 ފަތުރާލި މީހުން ސަރުކާރުން ފޮރުވާގެން މިއުޅެނީ ރައްޔަތުންނައް ދެވޭއަނިޔާއެއް ވީމާ މިކަން ހާމަކޮއްދިނުމައް ސަރުކާރައްގޮވާލަން


10

ނަޖީ

28-Apr-2020

މާލެޔައް ކޯވިޑު 19 ފަތުރާލި މީހުން ސަރުކާރުން ފޮރުވާގެން މިއުޅެނީ ރައްޔަތުންނައް ދެވޭއަނިޔާއެއް ވީމާ މިކަން ހާމަކޮއްދިނުމައް ސަރުކާރައްގޮވާލަން


18

ނަޖީ

26-Apr-2020

މިސަރުކާރުގެ އޯގާތެރިކަމުން އަހަރުމެން ރިސޯޓު ތަކުގަ އުޅޭމީހުން ހިފަހައްޓާގެން މި އުޅެނީ ކޮބާތޯ އަހަރުމެންގެކުށަކީ ކާއެއްޗެނުލިބި ރޯދަހިފަން މިޖެހެނީ އަބިދަރިން ކާރިޔައް ރަށައްދެވޭގޮތެ ނުވެފަ މިތިބެނީ ބޮޑެތި މީހުންގެ އާއިލާތަކުން ކުރާނުބާކަންތައް ތަކުގެ އަދަބު އާމްމުމީހުނައް ދިނުމަކީ ކޮރޯނާ މިގައުމުން ފިލާދާނެކަމެނޫން ތި އަނިޔާވެރިންނަ އޮންނާނީ އަބަދުވެސް އަނިޔާވެރިގޮއްތަ ކުރިމަތީގަ އަހަރުމެނައް އަނިޔާނުކޮއް އަހަރުމެން ނަގާފަ ތިބި ޓިކެޓައް ދަތުރުކުރެވޭނެ ގޮއް ހަދާދިނުމައް ސަރުކާރައް ގޮވާލަން


9

ނަޖީ

26-Apr-2020

މާލެޔައް ކޯވިޑު 19 ފަތުރާލި މީހުން ސަރުކާރުން ފޮރުވާގެން މިއުޅެނީ ރައްޔަތުންނައް ދެވޭއަނިޔާއެއް ވީމާ މިކަން ހާމަކޮއްދިނުމައް ސަރުކާރައްގޮވާލަން


14

މިތުރު

26-Apr-2020

ތިވާނީ ވަރަށް ބޮޑުތެދަކަށް. އަހަނަށްވެސް އެނގޭ ތިޔަބުނާ މިނިސްޓަރު ފިއްލަވައިގެން އުޅުއްވިޔަސް, މަށަށް އެނގިފައިވާގޮތުން ބައެއް ރިސޯޓްތަކުގެ އޯނަރުންނާއެކު އެރިސޯޓްތަކަށް ވަޑައިގެން އެމިނިސްޓަރު ހަނީމޫން ނުވަތަ ޗުއްޓީ ހައްދަވަމުން ގެންދަވާކަމަށް. މިހާރު ޕްރެސްތަކުން ނުފެންނަނީ ފެއިލްވެފައިވާކަން އަމިއްލަފުޅަށް ގަބޫލުކުރެވިގެން ކަމަށް ވެދާނެ ނޫނީ އެހެން ބޭބޭފުޅުނަށް އެއީ ފެއިލްވެފައިވާ ވަޒީރެއް ކަމަށް ގަބޫލުކުރެވޭތީ ބާކީ ކުރެއްވުމަކީވެސް އެކަށީގެން ވާ ކަމެއް. ދެން އެންމެ ރަނގަޅުވާނީ އިސްތިޢުފާދެއްވާފައި ތިގަންނަ ގަނޑެއްގަތުން.


10

ކިނބިހި

26-Apr-2020

އާރަށުގައި ވެރިން ފުޅުބޯޅަކުޅެން އެބަ އުޅުއްވާ.. ލީޑަރަކީ އެލެކްސް.. މީރައިޔަތުން ނާއި އެކު އެމީހުން ވީހާލެއްގައި ވާން ބުނި އާލާތުން.. ކޮބާ ފްލޯޓިން ހޮސްޕިޓަލް.. އޭ ފޮރިން މިނިސްޓަރު ލާރިދީގެން ވަގުތުގައި އާރޓިކަލް ޖައްސަނީ އޭނާވަރު މީހަކުނެތްކަމަށް ހަދަން ދައުލަށް ހުސްކޮށްފައި.. އަހަރުމެން ރާއްޖޭއިން ބޭރުގަިއ ހާލުގައި ގުޅީމަ ފޯނެތް ނުނަގާ.. މެއިލްއަކަށް ޖަވާބެއް ނުދޭ..! މަރުވާ ދޫކޮށްފަިއ ކޮންފޮރިންގ އެކޭ ކިޔާކަށް



ޓްރެންޑިން