އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުމާއެކު މިހާތަނަށް 1758 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރާއިރު، ކައުންސިލް އިންތިޚާބަށް 2264 ކެނޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް 1670 ކެނޑިޑޭޓުން ވާދަ ކުރަށްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް މިމަހުގެ 9 ދުވަހު ހުޅުވާލައި، އިއްޔެ ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވިއިރު 1758 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާކަމަށެވެ. އަދި އެ ޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓު ޢާއްމު ކުރާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.



މި އިންތިހާބުގައި ވޯޓުލުމަށް މާލޭ ސިޓީގައި 51499 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު އައްޑޫސިޓީގައި 25055 މީހަކު އަދި ފުވައްމުލަކުން 9177 މީހެއް އަދި ކުޅުދުއްފުށީ ސިޓީގައި 6825 އަދި އެހެނިހެން އަތޮޅުތަކުން 179924 މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން