ކިނބުލުގެ ބަނޑުން ބޫޓު ނެގުމަށް ކުރެވުނު އޮޕަރޭޝަނުގެ ތެރެއިން.
ކިނބުލުގެ ބަނޑުން ބޫޓު ނެގުމަށް ކުރެވުނު އޮޕަރޭޝަނުގެ ތެރެއިން.
އެމެރިކާގެ ފްލޮރިޑާގައި އޮޅިގެން ބޫޓެއް ކާލެވުނު ކިނބުލެއްގެ ބަނޑު އޮޕަރޭޝަންކޮށްގެން، އޭގެ ގޮހޮރުން ބޫޓުނަގައިފިއެވެ.

އިސްކޮޅުގައި 10 ފޫޓު، ބަރުދަނުގައި 150 ކިލޯއަށްވުރެ ބަރު މިކިނބުލަކީ އަނުކެޓް ނަމަކަށް ކިޔުނު ކިނބުލެކެވެ. މިކިނބުލަކީ އެފަދަ ތަކެއްޗަށް ހާއްސަކޮށްފައިވާ އެލިގޭޓަރ ފާރމް ޒޫލޮޖިކަލް ޕާރކެއްގައި ދިރިއުޅެމުންދާ އެއްޗެކެވެ.

މިކިނބުލަށް ބޫޓެއް ކެވުނީ ކިނބޫއޮތް ސަރަހައްދު މަތީގައި ހުރި ޒިޕްލައިނަރ އަކުން ދިޔަމީހެއްގެ ބޫޓެއް ވެއްޓުމުންނެވެ. އަދި މިބޫޓުކައި ދިރުވާލުމަށްފަހު އެބޫޓު އަނގައިން ބޭރުކޮށް އަނެއްކާވެސް އެބޫޓު އަނގައަށްލައި ދިރުވާލަން އުޅުނުތަން އެކި ފަހަރުމަތިން ފާހަގަ ކުރެވުނު ކަމަށް ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޖަނަވާރުންނަށް ހާއްސަކޮށްފައިވާ ޑޮކްޓަރުން ނުވަތަ ވެޓުން ހާމަކޮށްފައިވެއެވެ.

މިއާއެކު ދިދުވާލި ބޫޓުކިބަ ބޭރުކުރޭތޯ އެކިގޮތްތުން ކިނބުލަށް އެހީތެރިވާން މަސައްކަތްކޮށް ނާކާމިޔާބު ވުމުން އޮޕަރޭޝަން ކުރީއެވެ.

އޮޕަރޭޝަން ކުރުމުގައި ކިނބޫ ހޭނައްތާލުމަށްފަހު ގޮހޮރުގައި ތާށިވެފައި އިން ބޫޓު ނެގުމަށް ބަނޑުފަޅާލައި ކަރުތެރެއިން އަނގަތެރެއަށް އެބޫޓު ނެރުމަށް މަސައްކަތްކުރެވުނެވެ. ކާމިޔާބު އޮޕަަރޭޝަނަކަށްފަހު ރައްކާތެރި ކަމާއެކު ކިނބުލުގެ ބަނޑުން ބޫޓު ނަގައި ކިނބޫ އޮތް ޒުލަށް މިހާރު ވަނީ ކިނބޫ ފޮނުވާލެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން