އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   23 ފެބްރުއަރީ 2021 - 17:8
ސުޒުކީ ޖީ.އެން 125 އޭ ބުނުމުން އެއީ ކޯޗެއްކަން ނޭނގޭ ދިވެއްސަކު ހުރެދާނެ ކަމާއިމެދު ޝައްކު އުފެދެއެވެ. ދުނިޔެއާއި ރާއްޖޭގެ މަގުތަކުގައި އެތައް އަހަރެއް ހޭދަކޮށްފައިވާއިރު ވެސް ޖީއެން ސައިކަލުގެ މަޤުބޫލުކަން ހަމަ އެންމެ ތަންފުކެއްވެސް ކުޑައެއް ނުވެއެވެ. ހައްތަހާ ދަނީ އިތުރުވަމުންނެވެ. ހަލުވި ކަމާއެކު ދުނިޔޭގެ ބާޒާރަށް އާ ވައްތަރު ތަކުގެ އެތައް ބްރޭންޑެއްގެ ސައިކަލް ނުކުންނަ އިރުވެސް މިދެންނެވި އެއްކަލަ ޒާމާންވީ ޖީއެން ސައިކަލު ވައްޓާ ނުލެވެނީ ކީއްވެހެއްޔެވެ؟ މިއީ ވަރަށް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ކުރާ ސުވާލެކެވެ.

މީގެ ސިއްރު އަޅުގަނޑު ދަންނަވާލާފާނަމެވެ. މިދެންނެވި ސިއްރަކީ ޖީއެން ސައިކަލުގެ ދެވަނައެއް ނުވާ ޑިޒައިން ކަމުގައި ދެންނެވުމުން އެކަމާ ދެބަސްވާނެ މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. ޖީއެން ސައިކަލްގެ މިދެންނެވި ސާހީ ސްޓައިލްއަކީ މިހާތަނަށް ބާޒާރަށް ނެރެފައިވާ އެއްވެސް ބްރޭންޑަކަށް ބީޓް ކުރެވުނު ޑިޒައިންއަކަށް ނުވިއެވެ.

ސައިކަލުގެ ބައްޓަމަށް ބަލާ ނަމަ ޖީއެން ސައިކަލާއި ވައްތަރު އެހެން ސައިކަލެއް މަގުމައްޗަކުން ގައިމުވެސް ނުފެންނާނެއެވެ. ގިނަ ބަޔަކަށް މިސައިކަލު އެންމެ ކަމުދަނީ އަރާމުގައި އިށީންދެލައިގެން ގިނަ ވަގުތު ދުއްވި ނަމަވެސް ބުރައްކައްޓަށް ކުރާ އަސަރު ކުޑަވުމުންނެވެ. ހަށިގަނޑަށް ކުރާ ބާރު ކުޑަކަމުންނެވެ. ޞިއްހީ ގޮތުން ގެއްލުން ނުލިބޭނެކަން ޔަގީންވާތީއެވެ. އަޑު ސަޅިވެފައި އޮމާންވެފައި ތަފާތުވީމައެވެ. ދުއްވާލާފައި ދާއިރު އަޑިގުޑަން ތަކަށް ޖެހުނަސް ފުންމައިގެން ހިނގައިދާނެތީ ބިރުގަންނަން ނުޖެހޭތީއެވެ. ޝޮކްތައް އެހާވެސް ބަރާބަރީއެވެ. އެތައް އަހަރެއްވިޔަސް އިންޖީނަށް ދެގޮތެއް ނުވާތީއެވެ. ދަބަރު ހިލި ވިރިގެން ނުދާނެކަން ޔަގީންވާތީއެވެ. ތެލުގެ ޚަރަދު ކުޑަވެފައި އިންޖީނުގަނޑު ބެލެހެއްޓުމުގެ ޚަރަދާއި މަސައްކަތް އިންތިހާއަށް ކުޑަވީމައެވެ.

ގިނަ ސައިކަލު ތަކުގެ ކަވަރު ސެޓު ހުންނަނީ ފޭރާމެއް ހެން މުޅި އެތީގައި ވަށައިގެންނެވެ. އެހެން ނަމަވެސް ޖީ.އެން 125 ގައި ކަވަރު ސެޓެކޭ ބުނަން ހުންނަނީ ދެފަރާތުގައި ޖީއެންގެ މަރުކާ ޖަހާފައި ހުންނަ ދެ ފޮއްޗެވެ.

ވަރަށް މުހިއްމު އަދި އެހާމެ ބާރުގަދަ އެއްޗެކެވެ.

ޒުވާން އަންހެން ކުދިންނަށް އެންމެ ކަމުދަނީ ޖީ.އެން

ރީތި ސައިކަލެއްގައި ބުރުޖަހާލަން ދިޔުމަކީ އަންހެން ކުދިން ވަރަށް ބޭނުންވާ އަދި ގަޔާވާ ކަމެކެވެ. އެހެންވެ ބައެއް ޒުވާނުން މިހާރަކަށް އައިސް ޖީއެން ގެންގުޅެން ވަރަށް ފޯރިހުރެއެވެ. ޖީއެން ވަރަށް ކަމުދެއެވެ. ހަގީގަތުގައި ގިނަ އަންހެން ކަނބަލުންގެ މެދުގައި މި ސައިކަލު މަޤުބޫލުކަން ހޯދާފައިވާ އެއްސަބަބަކީ ސައިކަލްގެ ފުރިހަމަ ޑިޒައިންގެ އިތުރުން ސައިކަލުގައި އިންނައިރު ފައި އައްސިވުމާ ބުރަކަށީގައި ރިހުން ފަދަ ތަދުތައް އެއްގޮތަކަށްވެސް އިހުސާސް ނުވާތީއެވެ. ޖީއެން ސައިކަލެއްގައި ފުރިހެނަކު ދުއްވާލާފައި ދާއިރު ގިނަ ކަނބަލުންނަށް ބޭއިހުތިޔާރުގައި ބަލައި ލެވެނީ އެ ސައިކަލްގައި އިންނަ އިރު ފިރިހެން ވަންތަކަމާއި ހައިބަތު ފާޅުވާލެއް ބޮޑު ކަމުންނެވެ.

އަނެއްކާވެސް މިހިނގާ ހަފްތާ ފެށުނީއްސުރެ ޖީއެން ގެ ވާހަކަ ވައިގައި ހިފައިގެން މިއުޅެނީ ކީއްވެކަން އެނގޭހެއްޔެވެ.؟

މި ވެގެން އުޅޭ ގޮތަކީ މިހާރު އޮތީ ތިން ކުލައިގެ ޖީއެން 125 (GN125) ސައިކަލް ތަކުން ލޮޓަސް ފިހާރަ މުޅީން ޒީނަތްތެރި ކޮށްލާފައެވެ. އެއްވެސް ޝައްކެއްވެސް ނުކުރާށެވެ. އެއީ ސީދާ ހަމަ އޮރިޖިނަލް GN125 އެވެ. ރަތާއި ނޫ އަދި ކަޅު ކުލައިން ބޭނުން ކުލައެއް ލިބެން އެބަ އަދި ހުއްޓެވެ. GN 125 ގަންނަން ކެތްމަދުވެފައި ތިބި ފަރާތްތަކަށް ބުނެލަން އޮތީ ސައިކަލުތައް ހުސްނުވަނީސް އަވަހަށް ލޮޓަސް ބައިކް ޝޮޕަށް ޒިޔާރަތްކޮށްލުމަށެވެ. މި ރަނުގެ ފުރުސަތު ނަގާ ނުލާށެވެ. ދެން އޮތީ ހުސްނުވަނީސް އަވަހަށް ގަތުމެވެ. ނޫނީ ވަގުތު ފާއިތުވާނެއެވެ.

ޖީއެން 125 ގަންނަ ކަސްޓަމަރުންނަށް ފަސޭހަ އެތައް ކަމެއް ލޮޓަސް ބައިކް ފިހާރައިން ހުރީ ރާވާފައެވެ. އިތުރު މަޢުލޫމާތު ބޭނުން ނަމަ 7530253، 9555520 އަދި 7425552 އަށް ގުޅާލާށެވެ!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން