އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
837 ބިދޭސީއަކު ދިރިއުޅެމުންދިޔަ 18 ތަނެއް ފުލުހުންގެ މޮނިޓަރިން އަށް ގެންގޮސްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ 837 ބިދޭސީއަކު ދިރިއުޅޭ 18 ތަނެއް ފުލުހުން ބަލަހައްޓަން ފަށާފައިވާ ކަމަށެވެ.

18 ތަނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، މިއަދު އެކަނިވެސް މާލެއިން ވަނީ 40 އަށްވުރެ ގިނަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވަނީ ލޮކްޑައުންގެ ޙާލަތުގައި ހުއްދަ ދީފައިވާ 17 ފަރާތެއްގެ ފާސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

"ހުއްދަ ދެވިފައިވާ ކެޓެގަރީ ނޫން ވެހިކަލް ދުއްވައިގެން ނުވަތަ ލައިސެންސް ނެތް ފަރާތެއް އެ ވެހިކަލް އޮޕަރޭޓް ކޮށްގެން ޕާމިޓްތައް ކެންސަލް ކުރެވިފަ ހުންނާނީ" ނަވީން ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވަނީ ލޮކްޑައުންގެ ޙާލަތުގައި މިހާތަނަށް 543 މީހުން ޖޫރިމަނާކޮށް 18 މީހަކު ހައްޔަރުކޮށްފައި ވާކަން ހާމަކުރަށްވާފައެވެ.

ނަވީން ވިދާޅުވީ، މިއަދާއި ހަމަޔަށް މާލެއިން 543 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، މީގެތެރޭގައި ހުޅުމާލެއިން 53 މީހަކާއި ވިލިމާލެއިން 32 މީހަކު ހިމެނޭ ކަމަށެވެ. އަދި ހަމައެކަނި އިއްޔެވެސް 166 މީހަކު ޖޫރިމަނާ ކޮށްފައި ވާ ކަމަށް ނަވީން ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާކުރި 139 މީހަކާއި ހުޅުމާލެއިން ޖޫރިމަނާކުރި 23 މީހަކާއި ވިލިމާލެއިން ފަސް މީހެކެވެ.

މީގެ އިތުރުން މިއަދާއި ހަމަޔަށް ޖުމްލަ 49 މީހަކު ލޮކްޑައުންއާއި ހިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެތެރެއިން 46 މީހަކު ހައްޔަރު ކޮށްފައިވަނީ މާލެއިން ކަމަށާއި ބާކީ ދެ މީހުން ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ނަވީން ވިދާޅުވިއެވެ. ލޮކްޑައުންއާއި ހިލާފުވެގެން އިއްޔެ އެކަނިވެސް 18 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން 17 މީހަކު ހައްޔަރު ކޮށްފައިވަނީ މާލެއިންނެވެ. އެކަކު ހައްޔަރު ކޮށްފައިވަނީ ހުޅުމާލެއިން ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ހާމަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން