އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ޚިދުމަތް މިމަހުގެ 25 ވީ ހޮނިހިރު ދުވަހު ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ކެންސަރަށް ފަރުވާކުރަމުންދާ ދެމީހަކަށް ކީމޯ ތެރަޕީ ދީފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ކީމޯ ތެރެޕީގެ ޚިދުމަތް ފެށި ނަމަވެސް ހޮސްޕިޓަލްގައި ކެންސަރުގެ ސްޕެޝަލިސްޓް ޑޮކްޓަރުން އަދި ނެތެވެ. އެހެންކަމުން ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ.

މިއީ މާލެ އާއި ހުޅުމާލެ ފިޔަވައި އަތޮޅު ތެރޭގައި ތަރައްޤީކުރި ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލެވެ. މިދިޔަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން މި ހޮސްޕިޓަލްގައި ބައެއް ޚިދުމަތްތައް ދެމުންދާއިރު، ކީމޯތެރަޕީގެ ޚިދުމަތް ދޭން ފެށުމަކީ މުޅި ރާއްޖެއަށް އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގެ ތަރުޖަމާނު މަބްރޫކް މީގެ ކުރިން ވިދާޅުވެފައި ވަނީ، ރަށުގައި ތިބެގެން ފަރުވާ ދޭނަމަ ބައެއް "ކޮމްޕްލިކޭޝަންސް" ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވާތީ، އައްޑޫގައި ތިބި ކެންސަރު ބަލީގެ ތިންމީހަކު މާލެ ގެނަސްފައިވާ ކަމަށެވެ.

އަދި ބާކީ ތިބި ހަތަރު މީހުންގެ ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދާނީ އައްޑޫގައި ބައިތިއްބައިގެން ކަމަށާއި، އެމީހުންގެ ފަރުވާއަށް ބޭނުންވާ ސާމާނު އައްޑޫއަށް ފޯރުކޮށްދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫ ކޮންވެންޝަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރި ޢިމާރާތް ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 14 ވަނަ ދުވަހު އެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ އެލިއާ ކޮންސްޓްރަކްޝަންސް އާ ޙަވާލުކޮޮށްގެން ތަރައްޤީކުރި 100 އެނދުގެ ހޮސްޕިޓަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން