55 ވަނަ ބައި
..................
[ގޮތްކުޑަ އަންބަކު މާބޮޑަށް ރީތިވެއްޖިއްޔާ ފިރިމީހާ ވަރަށް ކަންބޮޑު ވާނެއެވެ. ރަމްލާގެ މަގާމުގައި، އަހަރެން ހުރިނަމަވެސް ސާފުބަހުން ތިޔަ ފައިސާ ތިޔަގޮތަށް ޚަރަދުނުކޮށް އެފައިސާކޮޅު އިތުރުކޮށްގެން ކޮންމެވެސް އެއްޗެއް ގެނެގެން ގެނެސްދޭށޭ ބުނީމުހެވެ؟]
ރަމްލާ ހޭންފަށައިފިއެވެ.
[ދުނިޔޭގެ ކޮންމެ އުފަލެއް ގަންނާކަށް ނުލިބޭނެއެވެ.
ޖައްޔިދާ ސައިބޮއި ނިމިގެން ދޫލަމަތީގައި ތަށި ބަހައްޓައިފިއެވެ. ދެން އަނެއްކާވެސް އެނދުގައި އުޑުތިލަމަތިން އޮށޯވެއްޖެ، އޭނާ ކުޑައިރުކޮޅެއް ވަންދެން މަތީ ފަންގިފިލައަށް ބަލަހައްޓައިގެން އޮތެވެ. ދެން ކުރަކި އަޑަކުން ބުނަންފެށިއެވެ.
[ރަމްލާއެވެ. މިއަދު އަހަރެން މިއައީ ރަމްލާ ގާތުގައި ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެގެންނެވެ.
ރަމްލާވެސް ސައިތަށި ހުސްކޮށްފައި ބަހައްޓައިފިއެވެ. ދެން ތެދުވެގެން އައިސް ޖައްޔިދާގެ ކައިރީގައި އެނދުގައި އިށީދެއްޖެއެވެ.
[ބުނެބަލާށެވެ.....]
[އަހަރެން މިކަމާ ވިސްނާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. އެންމެ ފަހުން އަހަރެން ނިންމީ މިވާހަކަ ރަމްލާ ގާތުގައި ބުނުމަށެވެ.]
ރަމްލާގެ ހިތް ތެޅެން ފަށައިފިއެވެ.
[ރަމްލާއެވެ. އަހަރެންގެ ފިރިމީހާ ހަމަރަނގަޅަށްވެސް ކަލޭދެކެ ލޯބިވެއްޖެއެވެ.]
ހުއްޓުމެއްނެތި ޖައްޔިދާ ދެވަނަ ޖުމްލަބުނެ ނިންމާލިއެވެ. ރަމްލާގެ ހިތް ފުންމައިގެން އައިސް ކަރުބުޑަށް ޖެހިއްޖެއެވެ. އޭނާ އިންތަނަށް ގާވެއްޖެއެވެ. ހިރިލާންވެސް ނޭގުނެވެ.
[އަހަންނަކަށް އޭނާގެ ޙާލަތު ދެކޭކަށް ކުޅަދާނައެއްނޫނެވެ. އޭނާގެ އެތެރެހަށި ހަލާކުވަމުން ދަނީއެވެ. އަހަރެމެން އިނދެގެން އުޅޭތާ މިހާދުވަސްވީ އިރުވެސް މިފަދަ ޙާލެއްގައި އޭނާވަނިކޮށް ފެނިފައެއްނެތެވެ....] މިހެން ބުނިއިރު ޖައްޔިދާ އިނީ ދުރަށް ބަލަހައްޓައިގެންނެވެ.
ރަމްލާއިނީ ކަޅިޖަހާނުލާ ޖައްޔިދާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެމޫނުގައި އެއްވެސް ކަހަލަ އަސަރެއްނެތެވެ. ސާފު މޫނެކެވެ. އެއްވެސް އެއްޗެއް ނުލިޔެ އޮތް ހުސް ކަރުދާސްކޮޅެއް ކަހަލަ މޫނެކެވެ.
ޖައްޔިދާ މިވާހަކަ މިބުނީ ރުޅިއައިސްގެން ބާވައެވެ.... ނުވަތަ ނުރުހުންވެގެން ބާވައެވެ.... ރަމްލާއަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. ހަމައެކަނި އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދަނީއެވެ. އޭނާ ދަންޖައްސާ މަޅިގަނޑާ ދިމާއަށް ގެންދަނީއޭ ހީވާކަހަލަ ގޮތަކަށެވެ.
[އަހަރެންގެ ފިރިމީހާ ހިތާމަވެރި ޙާލަތެއްގައި ހުއްޓާ ދެކޭކަށް އަހަންނަކަށް ކުޅަދާނައެއް ނޫނެވެ.]
ޖައްޔިދާ އަނެއްކާވެސް ބުންނަ ފެށިއެވެ.
[އަހަރެން ބޭނުންވަނީ އަބަދުވެސް އޭނާ އުފަލުގައި ހުއްޓާ ދުށުމަށެވެ. އެހެންކަމުން އަހަރެން ގަސްދުކުރީ މިއަދު ކޮންމެހެންވެސް ރަމްލާ ގާތުގައި މިވާހަކަ ދެއްކުމަށެވެ.] މިހެން ބުނެފައި އޭނާ ރަމްލާއާއި ދިމާއަށް ބަލާލިއެވެ. ރަމްލާ ކުއްލިއަކަށް އިސްޖަހާލިއެވެ. ޖައްޔިދާ މި ދައްކަން އުޅެނީ ކޮންފަދަ ވާހަކައެއް ކަމެއް އޭނާއަކަށް ނުވިސްނުނެވެ.
ޖައްޔިދާ އިރުކޮޅެއްވަންދެން ރަމްލާގެ މޫނަށް ބަލަން އޮތެވެ. ދެން އަނެއްކާވެސް ހަމަޖެހިލާފައި ބުންޏެވެ.
[އަދި ރަމްލާވެސް އޭނާ ދެކެ ލޯބިވޭ ކަންނޭގެއެވެ.....]
[ޖައްޔިދާއެވެ.....] ރަމްލާ ތެޅިގަތެވެ.
[އާއެކެވެ. ރަމްލާވެސް އޭނާ ދެކެ ލޯބިވާން ފަށައިފިއެވެ. ޔާދިރަކީ އަޖައިބެއް ކަހަލަ ބާރެއް އެކުލެވިފައިވާ މީހެކެވެ. އަންހެން ކުއްޖަކަށް އޭނާ ފެނިއްޖިއްޔާ އޭނާއަށް ހިތްނުދީ ހަމަހިލާ ދުރަކަށް ނުދެވޭނެއެވެ.]
[ޖައްޔިދާއެވެ. ތިޔައީ ދޮގެކެވެ.....]
[މިކަން ސިއްރުކުރަން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ.] ޖައްޔިދާ ތަންކޮޅެއް މަޑުމައިތިރި ކަމާއެކު ބުންޏެވެ.] އަހަރެން މިއައީ ޝަކްވާކުރާކަށް ނޫނެވެ. ފުރަތަމަ އަހަރެންގެ ވާހަކަ އަހާށެވެ.]
[ތިޔަ ދެއްކެނީ ކޮންކަހަލަ ވާހަކައެއްކަން އެނގޭ ހެއްޔެވެ؟] ރަމްލާ ބުންޏެވެ.
[އާއެކެވެ... އެބައެނގެއެވެ. ތިޔައީ އަހަރެންގެ ރަޙްމަތްތެރިޔާއެވެ. އަހަރެންގެ ހިތުގެ ޙާލު ރަމްލާއަށް ކިޔާނުދީ ދެންކިޔާދޭނީ ވަކިކާކަށް ހެއްޔެވެ؟ ފުރަތަމަ ހަމަޖެހިލައިގެން އަހަރެންގެ ވާހަކަ އަހާބަލާށެވެ.]
ރަމްލާ ހިމޭން ވެއްޖެއެވެ.
ޖައްޔިދާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. ދެން ބުނަންފެށިއެވެ.
[ރަމޫއެވެ. އަހަރެންގެ ދަރިއަކު ނެތްކަން ރަމޫއަށް އެނގޭނެއެވެ. އަހަންނަށް ކުއްޖަކު ނުލިބޭނެކަން ވަރަށް ކުރީގައި ޑަކްޓަރުން ބުނެފައިވެއެވެ.... ޔާދިރު އެހުންނަކީ ކުއްޖަކު ނުލިބިގެން ދެރަވެފައެވެ. ބައެއް ފަހަރަށް އަހަންނަކީ ކުށްވެރިއަކު ކަމުގައި އިޙްސާސް ކުރެވެއެވެ. އަހަރެން މިހާރު ލަދުގަނެއެވެ. ޔާދިރަށް އަހަރެންގެ ފަރާތުން ކުއްޖަކު ނުލިބިގެންނެވެ. އެކަމަކު އަހަރެން މިއުޅެނީ އޭނާގެ ގައިގާ ވަކިހިއްޕައި ގެންނެވެ.... އަދި މިހާރު ތިޔަދެމީހުންގެ ޙާލުފެނިފައި އަހަރެންގެ ހިތަށް ޚިޔާލެއް އަތުވެއްޖެއެވެ..... އެކަން ރަމްލާއަށް ޙައްލު ކުރެވިދާނެއެވެ.]
ރަމްލާގެ ހަތަރެސްފައި ފިނިވެއްޖެއެވެ. އޭނާ ކޮންމެވެސް އައު ޙަމަލާއަކަށް ތައްޔާރު ވެއްޖެއެވެ.
[ރަމްލާ.... ރަމްލާ މިހެން ހަދާށެވެ.]
[ރަމްލާ..... ރަމްލާ ޔާދިރާއި އިންނާށެވެ.]
[ޖައްޔިދާއެވެ......؟] ރަމްލާ ހަޅޭލަވައިގަތް ވަރުން ނިންދަވާފައި އޮތް މަޢޫޒުގެ ހަތަރެސްފައި ކޮޅަށްޖެހިގެން ދިޔައެވެ.
ރަމްލާ އަވަސްއަވަހަށް ކުޑަކުއްޖާގެ އެނދުގެ ކައިރިއަށް އަތުވެއްޖެއެވެ. އަދި މަޑުމަޑުން ނާނާ ކިޔަންފެށިއެވެ. އިރުކޮޅެއް ވަންދެން ކުކުރުމަށްފަހު މަޢޫޒު އަނެއްކާވެސް ނިދައިފިއެވެ. ރަމްލާ ގާވެފައި އިނދެގެން މަޢޫޒުގެ ބުރަކަށީގައި މަޑުމަޑުން ތަޅަމުން ގެންދިޔައެވެ. އެކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިނދެ އޭނާ ވިސްނިއެވެ. ލޯބީގެ އަސްލަކީ ކޮބައި ހެއްޔެވެ..... މިމަޢޫޒަކީ ކާކު ހެއްޔެވެ.... ކާކު ހެއްޔެވެ.....؟ މި ހިތުގެ އެތިކޮޅު އައީ ކޮންތާކުން ހެއްޔެވެ؟
މި ޖަވާހިރު ދެއްވީ ކާކު ހެއްޔެވެ؟
އިތާގެ ބަނޑުއި މިމުތީ ލެއްވެވީ ކާކު ހެއްޔެވެ؟
އިތާގެ ބަނޑުން ބޭރުވުމަށްފަހުގައި މިމުތަކީ އަގެއްނެތް އެއްޗެއް ކަމުގައި ވެދާނެ ހެއްޔެވެ؟
ރަމްލާ އެގޮތަށް އިނީ ކިހާއިރެއް ވަންދެންކަމެއް ނޭނގެއެވެ.... އޭނާގެ ކިބައިގައި އެތަނުން ތެދުވެގެންދާހާ ހިތްވަރެއް ނެތެވެ. އޭނާގެ ހުރިހާ ބާރެއްވަނީ މަޢޫޒުގެ ގާތުގައި ޖަމާވެފައެވެ.
އިރުކޮޅަކު އޮތުމަށްފަހު ޖައްޔިދާ ބުންޏެވެ.
[މަޢޫޒު ނިދައިފި ހެއްޔެވެ؟]
[އާނއެކެވެ......]
މިހެންބުނެފައި ރަމްލާ ކޮޅަށް ތެދުވެއްޖެއެވެ. އަދި ބަލި ފިޔަވަޅުތަކެއް އަޅަމުން އަތުވެއްޖެއެވެ. މިފަހަރު އޭނާ އިށީނީ އެދަނކު ނޫނެވެ. ކުރިމަތީގައި ހުރި ސޯފާގައެވެ.... އިށީނުމާއެކު އޭނާ ބުނަންފެށިއެވެ.
[ޖައްޔިދާއެވެ! ތިޔަ ދެމަފިރިން ތިޔަތިބީ މޮޔަވެފައޭ އެއްފަހަރަކު އަހަރެން ބުނީމެއް ނޫން ހެއްޔެވެ؟]
[މޮޔަވީ ރަމްލާއެވެ.....] ޖައްޔިދާ މިހެން ބުނިގޮތުން ހީވީ ރަމްލާގެ މޫނުމަތީގައި ބޮނޑިއެއް އެޅިހެންނެވެ.
[މިހާބޮޑު ޙަޤީޤަތެއް ފޮރުވަން އުޅެނީ ހެއްޔެވެ؟]
[ކޮން ޙަޤީޤަތެއް ހެއްޔެވެ.] ރަމްލާ ރުޅިއައިސްފައި ބުންޏެވެ.
[ރަމްލާއާއި ޔާދިރު އެކަކު އަނެކަކު ދެކެ ލޯބިވަމުއެވެ.]
[ނިކަން ހޭބަހައްޓަ ބަލާށެވެ. އަހަންނަކީ މީހަކާ އިނދެގެން އުޅޭ މީހަކީމެވެ. އަހަރެންގެ ފިރިއަކު އެބަހުއްޓެވެ. ދަރިއަކު އެބައޮތެވެ. ތިޔަ ވާހަކަ މީހަކަށް އަޑުއިވިއްޖެއްޔާ ބުނާނީ ކީކޭ ހެއްޔެވެ؟]
[އާނއެކެވެ. ތެދެކެވެ. ރަމްލާއަކީ މީހަކާ އިނދެގެން އުޅޭ މީހެކެވެ. އެކަމަކު ފިރިމީހާއާއިމެދު ރަމްލާގެ ހިތެއް ނުރުހެއެވެ. ކައިވެންޏާއިމެދު ހިތްހަމައެއް ނުޖެހެއެވެ.]
[ކާކު ދެއްކި ވާހަކައެއް ހެއްޔެވެ؟
[އެކަން ރަމްލާގެ މޫނުމަތިން ސާފުވެއެވެ. ރަމްލާގެ ފިރިމީހާ ކުރިމަތީގައި ހުންނައިރު ނިކަން ލޯގަނޑަކުން އަމިއްލަ މޫނު ދެކެބަލާށެވެ. ރަމްލާގެ މޫނުމަތީގައިވާ ނަފްރަތާއި ހާސްކަން ރަނގަޅަށް އެނގިދާނެއެވެ. އެކަހަލަ ވަގުތެއްގައި ރަމްލާހީވަނީ އަމިއްލަ ނަފްސާ ހަނގުރާމަކުރަނީ ހެންނެވެ. ތަޅާފޮޅަނީ ކަމުގައެވެ. ހީވާގޮތުގައި ނޭވާވެސްލަނީ ގަދަބާރުންނެވެ. އެފަދަ ވަގުތެއްގައި ރަމްލާ ދެކެފި ކޮންމެ މީހެއްގެ ހިތުގައި ހަމްދަރްދީ އުފެދޭނެއެވެ. ރަމްލާ ސަލާމަތްކުރަން އެދޭނެއެވެ. ރަމްލާދެކެ ލޯބިވާނެއެވެ. ރަމްލާގެ ހިތާމަވެރި ޙަޔާތުގެ އިސްތިހާރުތައް ކުރަމުން ތިޔަގެންދަނީ ޚުދް އަމިއްލައަށެވެ.]
ރަމްލާ ރޯންފަށައިފިއެވެ. އޭނާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. މިއަދު އޭނާއަށް ދިމާވެފައިވާ ނާކާމިޔާބީ ރަނގަޅަށް އިޙްސާސް ކުރެވިއްޖެއެވެ. އެތެރެހަށީގައިވާ ހަމަނުޖެހުމުގެ ބޮޑުކަމުން ހޯސްލާފައި ލޮލުންކަރުނަ ފައިބައިގަތެވެ. އޭނާގެ ކޯތާފަތް ތެމިފޯވެއްޖެއެވެ. އިރުކޮޅެއް ވަންދެން ރުއިމަށްފަހު ބުންޏެވެ.
ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު