ކަުމަންޑޫގެ މާރުކޭޓެއް
ކަުމަންޑޫގެ މާރުކޭޓެއް
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވާ، ގައުމުގެ ދަނޑުވެރިންނަށް އެހީތެރިވެދިނުމަށްޓަކައި އަވަށްޓެރި އިންޑިއާއިން ތަރުކާރީ އެތެރެކުރުން ނޭޕާލްގެ ސަރުކާރުން މަނާކޮށްފިއެވެ.

ކަތްމަންޑޫ ޕޯސްޓުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަރުކާރުންވަނީ އިންޑިއާއިން އެތެރެކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް އެތެރެކުރުން މުޅިން މަނާކޮށްފައެވެ. އަދި އެތެރެކޮށްފައި ހުރި އެފަދަ ކާބޯތަކެތި ނައްތާލާ، އެތަކެތި ރައްކާކުރުމަށް ބޭނުންކުރަމުން ދިޔަ ވެއަރހައުސްތަކުގައި ތަޅުއަޅުވާ ބަންދުވެސް ކޮށްފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ސަރުކާރުގެ އޮފިޝަލުންނާއި، ޑޭންގް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ބުނީ މި ފިޔަވަޅުތައް އަޅާފައިވަނީ އާންމުން ހައްދާ ކާބޯތަކެތި ވިއްކުމާއި ގަތުން އިތުރުކުރުމަށެވެ. އަދި މީގެ ސަބަބުން އަވަށްޓެރި އިންޑިއާއިން ނޭޕާލްގެ ތެރެއަށް ބަލި ފެތުރިގެން ދިޔުމުގެ ފުރުސަތު ކުޑަކުރުންވެސް މިފިޔަވަޅު އެޅުމުގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ. ނޭޕާލްގެ މާރުކޭޓު ތަކުގައި ގިނައިން ވިކެނީ އިންޑިއާގެ ތަރުކާރީއާއި މޭވާކަން ފާހަގަކޮށް އޮފިޝަލުން ބުނީ މިހާރު އިންޑިއާއިން މާކެޓަށް އަންނަ ޑެލިވަރީތައް މުޅިން ހުއްޓިފައިވާކަމަށެވެ.

ޑޭންގް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް، ނަރަޔަން ޕްރަސާދް ބުސަލް ވިދާޅުވީ އެހެން ގައުމުތަކުން އެތެރެކުރާ ކާބޯތަކެތި އެތެރެކުރުން ހުއްޓާލުމުން އާންމުން ހައްދާތަކެތި ބާޒާރުގައި ވިކެން ފަށާފައިވާކަމަށާއި، ދަނޑުވެރިން ހައްދާ ތަކެތި ދެވަނަ ފަރާތެއް މެދުވެރި ނުކޮށް ސީދާ މާރުކޭޓަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތަރުކާރީގެ ޑިމާންޑާއި އެއްވަރަށް ދަނޑުވެރިން އެ ބާވަތްތައް އުފައްދާކަން ފާހަގަކުރައްވާ ބުސަލް ވިދާޅުވީ އެހެން ގައުމުތަކަށް ކެބެޖު ބޭރުކުރެވޭ ވަރަށް ވެސް އެގައުމުގައި ކެބެޖު ހެއްދޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


16

މުހައްމަދު ޝަފީގު

28-Apr-2020

ދިވެހި ދަނޑުވެރިން އުފެއްދޭނީ ވެސް ރާއްޖޭގެ އުފެއްދޭ ތަކެތި ބޭރުން އެތެރެ ކުރުން ހުއްޓުވާގެން..



ޓްރެންޑިން