ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ ދަރިފުޅު ލައިބާ މަހުލޫފު (އެލީ) ކިޔާފައިވާ ހިންދީ ލަވައެއް މިއަދު ރިލީޒް ކޮށްފިއެވެ.

ޖީނޭކީ ވަޖާހްގެ ނަމުން ނަންދެވިފައިވާ މި ހިންދީ ލަވަ ރިޒީލްކޮށްފައިވަނީ އިންޑިޔާގެ މިއުޒިކާއި ލަވަ އުފައްދާ ކުންފުނި، ޒީ މިއުޒިކް ކޮމްޕެނީއިންނެވެ.

އެލީ މިލަވަ ކިޔާފައިވަނީ އިންޑިޔާގެ މަޝްހޫރު ޕްލޭ ބެކް ސިންގަރ، ޖާވިދް އަލީ އާއި އެކުއެވެ. ޖާވިދަކީ ބެންގާލީ، ކަންނާޑާ، މަލަޔާޅަމް، މަރާޓީ، ތަމިލް އަދި ތެލެގޫ ލަވަތައް ކިޔުމުގައި މަޝްހޫރު ފަންނާނެކެވެ. ޖާވިދު އެންމެ މަގުބޫލު ވެގެންދިޔައީ ހިންދީ ފިލްމު ނަގާބްގެ އޭކް ދިން ލަވައިންނެވެ.

އެލީ އަދި ޖާވިދު ކިޔާފައިވާ ހިންދީ ލަވަ ޖީނޭކީ ވަޖާހްގެ ލިރިކްސް ތައްޔާރުކޮށްދީފައިވަނީ ހުސްނާ ޚާން އެވެ.

މިލަވަކިޔުމުގައި ބައިވެރިވުމުގެ އިތުރަށް މިލަވައިގެ ވީޑިޔޯގައިވެސް އެލީ ފެނިގެންދެއެވެ. އެލީ އާއެކު މިލަވައިގައި ދެން ފެނިގެންދަނީ މިވީޑީޔޯލަވަ ޑައިރެކްޓް ކޮށްދިން ފީރޯޒް އޭ ޚާންއެވެ.





ކިޔުންތެރިންގެ ހިޔާލު