އަމާޒް ބޯޓު ކްލަސްޓާ އާ ގުޅިގެން މިހާތަނަށް 9 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ، އަމާޒް ބޯޓު ކްލަސްޓާ އާ ގުޅިގެން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ށ. ނަރުދޫ 8 މީހަކާއި، ށ. މިލަންދޫ މީހެކެވެ. "ރަސް އޮންލައިނަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ބޯޓުގެ ކެޕްޓަންގެ އަންހެނުންނާއި، ތިން ދަރިންވެސް ހިމެނެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓު ކްލަސްޓާއާ ގުޅޭ 113 ކޮންޓެކްޓްސް ހޯދިފައިވާ ކަމަށާއި، އޭގެތެރެއިން 35 މީހުން ހައިރިސްކު ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވޭއިރު، 11 މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ.
އަމާޒު ބޯޓާ ގުޅިގެން މިހާރު ށ. ނަރުދޫއިން ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ފެނިފައިވާ ކަމަށް ޑރ. ވަނީ ވިދާޅުވެފައެވެ. އަދި ކުޅުދުއްފުށި ސިޓީ ފަހުން ލޮކްޑައުންކުރީ އަމާޒު ބޯޓް ކޭސް އާއި ގުޅިގެން ކަމަށާއި، ނަރުދޫން ޕޮޒިޓިވްވި މީހުން މިހާރު އައިސޮލޭޓް ކޮށްފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.
ނަރުދޫގެ އަމާޒު ބޯޓުގެ ކައްޕި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އޭނާ މާލެއިން ރަށަށް ދިޔަ ފަހުންނެވެ. އަމާޒު ބޯޓުގެ ކެޕްޓަން (ކޭސް133) އަކީ އުމުރުން 49 އަހަރުގެ ނަރުދޫއަށް ނިސްބަތްވާ މީހެކެވެ.
މިއަދު އެކަނިވެސް ރާއްޖެއިން 21 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ޑރ އަފްޒަލް ވިދާޅުވީ މިއަދު ފެނުނު 21 ކޭސްއަކީވެސް ކުރީގައިވެސް ފެނިފައިހުރި ކޭސްތަކާއި ގުޅުންހުރި މީހުންކަމަށެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 250 އަށް އަރާފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު