މެލޭޝިއާގެ ބޮޑުވަޒީރު މުހްޔުއްދީން ޔާސީން
މެލޭޝިއާގެ ބޮޑުވަޒީރު މުހްޔުއްދީން ޔާސީން
މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މެލޭޝިއާގެ ގިނަ ވިޔަފާރިތައް ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.

ފްރީ މެލޭޝިއާ ޓުޑޭގައި ރިޕޯޓުކޮށްފައިވާގޮތުގައި މިއަދު ހެނދުނު ރައްޔިތުންނާއި މުހާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މުހިޔިއްދީން ޔާސީން ވިދާޅުވީ އަލަށް އެކުލަވާލާ މޫވްމަންޓް ކޮންޓްރޯލް އޯޑަރ (އެމްސީއޯ) ގެ އަމުރުގެ ދަށުން ބައެއް އިޤްތިޞާދީ އަދި އިޖުތިމާޢީ ހަރަކާތްތައް ކުރިއަށް ގެނދިޔުމުގެ ހުއްދަ ދެއްވާނެކަމަށާއި، އެހެން ނަމަވެސް، ކޯވިޑް-19 އަލުން ފެތުރުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާކޮށްފައިވާނެކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ލޮކްޑައުންގެ ސަބަބުން އެގައުމަށް 63 ބިލިއަން މެލޭޝިއަން ރިންގިޓްގެ އިޤްތިޞާދީ ގެއްލުމެއް ވެފައިވާކަމަށާއި، އަދި އިތުރު ހަފްތާއަކު ލޮކްޑައުންގައި ގައުމު ބާއްވައިފިނަމަ މި އަދަދު 100 ބިލިއަނަށް އަރާނެކަމަށެވެ. އެގޮތުން މެއި 4 ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް އިޤްތިޞާދީ ހުރިހާ ދާއިރާ ތަކެއް މި އަމުރުގެ ދަށުން ޝަރުތުތަކަކާއެކު ހުޅުވުމުގެ ހުއްދަ ލިބިގެންދާނެކަން ޔާސީން ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން މި އަމުރުގެ ދަށުން، ގައިދުރުކަމަށް ހުރަސް އަޅާ ކުޅިވަރުތައްފަދަ ފުޓުބޯޅަ، ރަގްބީ، ފެތުން، އަދި އެތެރޭގައި ކުޅޭ ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްދައެއް ނުކުރާނެއެވެ. ނަމަވެސް، ގައިދުރުކަމާއި އެކު ، ބޭރުގައި ބޭއްވޭ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގެ ހުއްދަ ދެވޭނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެގޮތުން ބޮޑުވަޒީރު ވިދާޅުވީ އައުޓްޑޯ ބެޑްމިންޓަނާއި، ޓެނިސް އަދި ޖޮގިންގ، ގޮލްފް އަދި ދުވުމުގެ ހުއްދަ ލިބުނު ނަމަވެސް ހުއްދަ ދެވޭނީ 10 މީހުންނަށްވުރެ މަދު މީހުން އެއްފަހަރާ އެއްވެ ހިންގާ ހަރަކާތްތަކަށް ކަމަށެވެ.

ބޮޑުވަޒީރު ޔާސީން އިތުރަށް ވިދާޅުވީ އަދިވެސް ސްކޫލްތައް ހުންނާނީ ބަނދުކުރެވިފައި ކަމަށާއި، އެހެން ނަމަވެސް، ވަޒީފާގެ ގޮތުން އަދި މަސައްކަތުގެ ކަންކަމަށް ގައުމުގެ އެއްސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.

ހަމައެއާއެކު، ކޮންސެޓުތަކާއި، ބެންކުއެޓްސް ފަދަ އިޖުތިމާއީ ހަރަކާތްތަކުގެ އިތުރުން، މިސްކިތްތަކުގައި ޖަމާއަތް ހެދުމާއި ހުކުރު ނަމާދާއި ދީނީގޮތުން ބާއްވާ އެހެނިހެން އެއްވުންތައްވެސް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ހުޅުވާލެވޭ ވިޔަފާރިތަކުންވެސް އެމީހުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށް ޔާސީން ވިދާޅުވިއެވެ. އަދި ކޮންމެހެން ވަޒީފާއަށް ނެރެން ނުޖެހޭ ފަރާތްތައް ގޭގައި ބައިތިއްބައިގެން މަސައްކަތްކުރުމުގެ ފުރުސަތު ކުންފުނިތަކުން ދޭންޖެހޭނެކަން ފާހަގަކުރައްވާ ބޮޑުވަޒީރު ވިދާޅުވީ ސަރުކާރު މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ތިބެގެންކަމަށެވެ.

މަސައްކަތްކުރާ ދެމަފިރިން ދަރިން ޑޭކެއަރ ސެންޓަރަކާއި ހަވާލުކުރުމުގެ ބަދަލުގައި، އަބަދުވެސް ކޮންމެވެސް އެކަކު ގެއިން މަސައްކަތްކުރުމަށް އިސްކަން ދިނުމަށް ޚިޔާލުދެއްވާ ބޮޑުވަޒީރު ވިދާޅުވީ ކޮންމެ ދުވަހަކުވެސް ހުރިހާ ކުންފުންޏަކުންވެސް އެކުންފުނިތަކުގެ މުވައްޒަފުން ސްކްރީން ކުރެވެން ވާނެކަމަށެވެ.

ކޯވިޑް-19 އަށް މެލޭޝިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 6,002 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 102 ގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން