މިޚަބަރަކީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދެނިއްޔޭ ކިޔައިގެން ދިވެހީން "ފެލަމުން" ގެންދާ ދިރާގާ އުރީދޫއަށް ވަރަށް ވެސް ހިތްދަތި ހިތާމަވެރި ޚަބަރެކެވެ. އެއީ ސްޕޭސް އެކްސް އިން ކުރިއަށް ގެންދާ ސްޓާލިންކް އިންޓަރނެޓްގެ ޚިދުމަތް 2022 ގައި ދިވެހިރާއްޖެއާއި ހިސާބަށް ފޯރާނެ ކަމުގެ އުފާވެރި ޚަބަރެވެ. އީލާން މަސްކްގެ ސްޓާލިންކްގެ ޚިދުމަތް 2022 ގައި ދިވެހި ރާއްޖެއާއި ހަމައަށް އައުމަކީ މިއަދު ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތޭ ކިޔައިގެން ރައްޔިތުން "ފެލަމުން" ގެންދާ ރާއްޖޭގެ މުވަސަލާތީ ދެކުންފުނީގެ ކިބައިން ދިވެހީންނަށް ސަލާމަތް ވުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
ދިރާގާއި އުރީދޫން އިންޓަނެޓްގެ ޚިދުމަތް ދިނުމުގެ ނަމުގައި ޕެކޭޖް ހަދައިގެން ޑޭޓާ ވިއްކައިގެން ދިވެހީންގެ އަތުން "ނުހައްގު މަންފާ" ނަގަމުން ގެންދާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. މިއީ ދިވެހި ގިނަ ރައްޔިތުން އެދެކުންފުންޏާމެދު ދެކޭ ގޮތެވެ. ގިނަ ދިވެހީންގެ ބަހެވެ. އެއްވެސް ސަރުކާރަކަށް އެމީހުންގެ އެ ވިޔަފާރި މައިތިރިކޮށް ރައްޔިތުންނަށް އަތްފޯރާ ޚިދުމަތަކަށް އިންޓަނެޓްގެ ޚިދުމަތެއް ނުހެދުނެވެ. މިހާރު މިއުޅޭ ކޯވިޑްގެ އާލަމީ ވަބާއިން ސަލާމަތްވޭތޯ ދެ ޑޯޒް ވެކްސިން ޖަހާހެން އަންނަ ޖުލައި މަހާއި އޮކްޓޯބަރު މަހުގައި އެބުނާ އަގުހެޔޮ އިންޓަރނެޓްގެ ދެޑޯޒް ޖަހަން ފަށަނިއްޔޯލައެވެ. ސަރުކާރުގެ ވަޢުދާ އެއްގޮތަށް ސަރުކާރުން އެވަނީ އިންޓަނެޓްގެ އަގު ހެޔޮކޮށްދީ އަގުހެޔޮ ތިން ޕެކޭޖް ތަޢާރަފު ކޮށްފައެވެ. އެކަމަކު އަދިވެސް އެކިޔާ ޑޭޓާ ވިއްކުމަކަށް ބަދަލެއް ނާދެއެވެ. ޕެކޭޖްގެ ޖީބީކޮޅު ހުސްވީމާ މިހާރު ގުޑާ ނުލާ ގޮތަށް އެދޭ އެކެއް އެމްބީޕީއެސް، ދޭކަށް ބަދަލުވަނީއެވެ. ޕެކޭޖް ހުސްވުމުން އެއަށްވުރެ ހަލުއި ކޮށްލަންޏާ އަދިވެސް ހަމަ ޖެހެނީ އެކިޔާ ބޫސްޓް ތެޔޮޖަހާށެވެ. ދެން އެޖެހުނީ ކަންތަކާއެވެ. ޕެކޭޖުން ކާލަނީ ދުވާލެއްގެ މައްޗަށް 20 ޖީބީ ކަމަށް ވަންޏާ އެވަރުގައި އިންޓަނެޓް ބޭނުންކުރާ މީހުން އެބުނާގޮތަށް 50 ޖީބީ ބޫސްޓެއް ކޮށްގެން ހިފަހައްޓާލަނީ ބަރާބަރު އެއްދުވަހުއެވެ. ހަމަގައިމުވެސް ދިރާގުން އެދޭ ބޫސްޓަކީ ވަރަށް ބާރަށް ކެނޑި ހުސްވާ ގޮތަށް ހަދާފައި އިންނަ އެއްޗެކެވެ. އޭތި ޖެއްސީމާ މީޓަރުގެ ބުރުވެސް ނޭނގެނީ ކަންނޭގެއެވެ.
ކޮންމެއަކަސް އިންޓަނެޓްގެ ޚިދުމަތަކީ މިހާރު ދިވެހީންނަށް ވެސް އެންމެ ޒަރޫރީ އެއް ޚިދުމަތެވެ. ފާޚާނާކުރުން ފިޔަވައި ދެން ހުރި ހުރިހާ ކަމެއްގައި އޭގެ ބޭނުން ނުކޮށެއް ނުވެއެވެ. މި ބޮޑު އާލަމީ ވަބާގައި ދަރީން ކިޔަވަން ޖެހެނީވެސް އޭތީގެ އެހީގައެވެ. އާއިލާގެ މީހުންނަށް ފެނިލެވެނީވެސް އޭގެ އެހީގައެވެ. ފެސިލިޓީގައި އޮންނަ އާއިލާ މީހާއާއި ރަހުމަތްތެރިޔާގެ ހާލު ބެލާލެވެނީވެސް އެއިންނެވެ. "ބިޓު" ގެ ހާލުއަހުވާލު ބަލާލައި މާފޮޅުވާލެވެން މިހާރު އޮތީވެސް އޭއްޗެއްގެ ބޭނުން ހިފައިގެންނެވެ. ކާއެއްޗަކަށް އޯޑަރުކުރަން ޖެހުނަސް ފިހާރައަކުން އެއްޗެއް ގަންނާން ޖެހުނަސް ހަފޫޓު ހަފޫތު ކޮޓަރިއާއި އަށް ފޫޓުގެ ސިޓިންގ ރޫމުގައި ތިބެ، ސްޓްރެސްވެ، ހާސްވެ ބޯއަނބުރާ ގޮތް ވުމުން ފިލްމެއް ބަލާލައި ހާސްކަން ފިލުވާލަން ވިޔަސް ހަމަ މިކިޔާ އިންޓަނެޓެވެ. އަދި މިހާރު ނޫހެއް ކިޔާލައި މައުލޫމާތެއް ސާފުކޮށްލަން ވިޔަސް ހަމަ އޭއްޗެވެ. ދެން އެއާއި ނުލައި އުޅެވޭނެ ގޮތެއް ވިދާޅުވެ ބައްލަވާށެވެ؟ މިހާލަތަށް ދިޔައިމާ 200 ޖީބީ ޑޭޓާ ދީގެން ދަތްވެސް ކޮށްޓާލެވޭ ވަރުނުވާނެކަން ގަބޫލުކުރަން ޖެހޭނެއެވެ. މިހާރު ޔޫޓިއުބްގައިވެސް އެހެން ޓިއުބް ތަކުގައިވެސް ހުރިހާ ސްޓްރީމް ތަކެއްގައިވެސް އެޗްޑީއާއި ޔޫއެޗްޑީ ކޮލިޓީގެ ވިޑިއޯއެވެ.
އީލާން މަސްކްގެ ސްޓާލިންކްގެ އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް، ދިވެހިންނާ ހަމައަށް ފޯރުމުން ދިރާގާއި އުރީދޫ ވިސްނަން ޖެހޭނެކަން ޔަގީނެވެ. އެމީހުން ވިއްކި އެއްޗެއް، ވިއްކި އަގެއްގައި ގަނެގެން ތިބޭނެ ދުވަސް ދިވެހީންނާ އަލްވަދާޢު ކިޔާނެއެވެ. ސްޓާލިންކްގެ ސްޕީޑާއި އެމީހުން އެދޭ ދުވަހަކު ހުސްނުވާ ޑޭޓާއާއި 150 ނުވަތަ 200 އެމްބީޕީއެސް ގެ ސްޕީޑްގައި އިންޓަރނެޓް ލިބެން ހުއްޓާ ޖައްސާލީމާ ހުސްވާ ޑޭޓާއެއް ދިވެހީން ބޭނުމެއް ނުކުރާނެއެވެ. އޭރުން ދިރާގާއި އުރީދޫއަށް ޖެހޭނީ ސަރުކާރުން ސިޔާސަތު ހަދައިގެން އިޢުލާން ނުކުރިޔަސް އަމިއްލައަށް ވެސް އަގު ހެޔޮކޮށް ހުސްނުވާ ޑޭޓާ ވިއްކާށެވެ. އޭރުން ދިވެހީން ހަލުއި ސްޕީޑްގައި އިންޓަނެޓް ބޭނުން ކުރާނީވެސް، ޓީވީ ޗެނަލްތައް ސްޓްރީމް ކުރާނީވެސް ސްޓާލިންކްގެ އިންޓަރނެޓް ނަގައިގެންނެވެ. ދިވެހީންނަށް މިލިބޭ ފުރުސަތުގައި ބަޔަކު މޭކަރައިގެން އަތްނާޅައިފިނަމަ ދިވެހީންނަށް އިންޓަނެޓުގެ ހަގީގީ އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިބޭނެކަން ކަށަވަރެވެ. ނަމަވެސް ގާނޫނާއި ގަވާޢިދުތައް އުފަން ކޮށްގެން އެކަމަށް ހުރަސް އަޅައިފިނަމަ ދެން ކުރާނެ ކަމެއް ނެތެވެ. ސަރުކާރުން ވަނީ އެކަމަށް ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ދީފައެވެ. ފަހުން ވާނެ ގޮތެއް ނޭނގެއެވެ.
އީލާން މަސްކްގެ ސެޓެލައިޓް އިންޓަރނެޓް ޚިދުމަތުގެ ޕްރީ އޯޑަރ މިހާރު ވަނީ ދުނިޔޭގެ ބައެއް ގައުމުތަކަށް ހުޅުވަލާފައެވެ. ސްޓާލިންކުން ބުނާ ގޮތުގައި ދިވެހިރާއްޖެއާއި ހަމައަށް އެ ޚިދުމަތް ފޯރާނީ 2022 ވަނަ އަހަރުއެވެ. ސްޓާލިންގެ ސިގްނަލް ފުރަތަމަ ދެނީ މާލެއާއި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށެވެ. ސްޓާލިންކް ވެބްސައިޓްގައި ބުނާ ގޮތުން އަދި އޯޑަރ ބަލައިގަންނަނީ ވަކި ވަރަކަށެވެ. އެހެންވީމާ އަދި އޮތީ އެފުރުސަތު ހަމާވާންދެން އޯޑަރު ކުރާ ތަރުތީބުން ފުރުސަތު ދޭ ގޮތަށެވެ. އީލާން މަސްކްގެ ސްޕޭސް އެކްސްގެ މި މަޝްރޫޢުގެ މައިގަނޑުއަމާޒަކީ ފެންވަރު ރަނގަޅު ސްޕީޑް ހަލުއި އިންޓަނެޓްގެ ޚިދުމަތް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު ޖައްވަށް ފޮނުވާލި ސެޓެލައިޓާއެކު އެކުންފުނިން މިހާރު ވަނީ 1085 ސެޓެލައިޓް އޯބިޓަށް ފޮނުވާފައެވެ. މަސްކްގެ ތަސައްވަރަކީ 2024 ވަނަ އަހަރުގެ ނިޔަލަށް އެފަދަ 4425 ސެޓެލައިޓް އޯބިޓްގައި ގާއިމު ކުރުމެވެ. ދުނިޔޭގެ އެކި ހިސާބުގައި ސްޓާލިންކުން މިހާރު ޓެސްޓް ކުރަމުންދާ އިންޓަނެޓްގެ ޚިދުމަތް 10 ހާސް މީހުން އެބަ ބޭނުން ކުރެއެވެ. ސްޓާލިންކުން ބުނަނީ މިހާރުވެސް އެމީހުންގެ އިންޓަރނެޓް ސްޕީޑް 100 އާއި 120 އެމްބީޕީއެސް ސްޕީޑްގައި ލިބޭނެ ކަމަށެވެ.
ސްޓާލިކްގެ ޚިދުމަތް ބޭނުން ކުރެވެނީ އެކަމަށް ޚާއްޞަ ކިޓެއް ގަނެގެންނެވެ. އެއްފަހަރާ 499 އެމެރިކާ ޑޮލަރު ނުވަތަ ގާތްގަނޑަކަށް 7700 ދިވެހި ރުފިޔާ ދައްކާފައި ގަންނަ މި ކިޓްގައި ކުޑަ ޑިޝްއެންޓަނާއަކާއި ވައިފައި ރައުޓާއަކާއި ޕަވަރ ސަޕްލައި ހިމެނެއެވެ. މަސްކް ބުނެފައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުންނަ މީހަކު ގަތަސް މި ކިޓްގެ އަގަށް ބަދަލެއް ނާންނާނެ ކަމަށެވެ. ޕްރީ އޯޑަރަށް މިހާރު ހުޅުވާލާފައިވާ ސްޓާލިންކްގެ ޚިދުމަތަށް މަހަކަށް ދައްކަން ޖެހޭނީ 99 އެމެރިކާ ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 1526 ދިވެހި ރުފިޔާއެވެ. މަހަކު ދައްކަން ޖެހޭ މިއަދަދާއެކު ފުރަތަމަ ރާއްޖެއަށް ޚިދުމަތް ދޭއިރު 200 އެމްބީޕީއެސްއާއި ހަމައަށް އިންޓަރނެޓް ސްޕީޑް ލިބޭނެ ކަމަށް ސްޓާލިންކް ވެބްސައިޓްގައި ބުނެފައި ވެއެވެ. ޑޭޓާ ހުސްވެދާނތީ އެއްވެސް ވަރަކަށް ވިސްނަން ނުޖެހި 200 އެމްބީޕީއެސް އާއި ހަމައަށް އިންޓަރނެޓް ސްޕީޑް ލިބުމަކީ އިންޓަރނެޓްގެ ޚިދުމަތް މިހާރު ރާއްޖޭގައި ދޭ ދެކުންފުންޏަށް ވެސް މިއިން ދުވަހަކު އަރާ ހަމަކުރެވޭނެ ފެންވަރެއް ނޫނެވެ. ރާއްޖެއަކީ މި ބައްރުގައި ވެސް އިންޓަނެޓްގެ އަގު އެންމެ ބޮޑު އެއްގައުމެވެ. ޑޭޓާއަށް އަގުނަގައިގެން ޕެކޭޖް ވިއްކާފައި އަގުގެ އެތައް ގުނައެއް ކޮންމެ މީހަކު އިންޓަނެޓްގެ ޚިދުަމަތަށް ދައްކަން ޖެހޭ ރައްޔިތަކު އުޅޭ ގައުމެކެވެ. އެފަދަ ރައްޔިތަކަށް މިއީ ވަރަށްވެސް އުފާވެރި ޚަބަރަކަށް ވާނެއެވެ.
އަނެއްކޮޅުން 99 އެމެރިކާޑޮލަރު ނޫނީ 1500 ރުފިޔާ މަހެއްގެ މައްޗަށް އެކަކަށް ދައްކަން ދަތިވާނަމަ ގޭގައި ދިރިއުޅޭ ތިން ހަތަރު ފަސް އާއިލާ ގުޅިގެން މި ޚިދުމަތް ހޯދައިގެން 200 އެމްބީޕީއެސް ސްޕީޑް ލިބެންޏާ އެއްވެސް ބުރުލެއް ނާރައި ގޭގެ އެންމެންނަށް އެއް ކަނެކްޝަނަކުން އިންޓަނެޓްގެ ބޭނުން ދަތިނުވެ ބާރު ސްޕީޑްގައި ބޭނުން ކުރެވޭނެއެވެ. މިސާލަކަށް ގޭގައި އުޅޭ ފަސް އާއިލާއަކުން ގުޅިގެން ސްޓާލިންކްގެ އެއް ކަނެކްޝަން ހިއްސާ ކޮށްލިއަސް އާއިލާއަކުން އިންޓަނެޓަށް ދައްކަން ޖެހޭނީ މަހަކު 300 ވަރަކަށް ރުފިޔާއެވެ. އަތޮޅުތަކުގެ ރަށްރަށުގައިވެސް ހަމަ މިގޮތަށް އެކި ގޭބިސީތަކުން އެކަކު އިސްނަގައިގެން ފަސް ހަގޭގެ މައްޗަށް ބަހާލައިގެން ވެސް މިހާރު ލިބޭ ވަރަށް ވުރެ މާ ސްޕީޑް ހަލުއި ދުވަހަކު ޑޭޓާ ހުސްވެގެން އުޅެން ނުޖެހޭ ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް ބޭނުންކޮށްލެވޭނެއެވެ. މާލޭގައި ގެދޮރު ކުއްޔަށްދޭ ފަރާތްތަކުން ސްޓާލިންކް އިންޓަނެޓް ޑިޝްއެއް ގޭގައި ބަހައްޓައިގެން ކުޑަ އަގެއް ނަގައިގެން ގޭގެ ހުރިހާ ބައިތަކަކަށް އިންޓަނެޓްގެ ޚިދުުމަތް ފޯރުކޮށްދިނަސް މިހާރު ރާއްޖޭގައި ލިބޭ އިންޓަނެޓްގެ ޚިދުމަތަށްވުރެ ހާސްބައި އަގުހެއުވާނެއެވެ. އަދި ސްޕީޑް ނުލިބިގެން ރުޅި ގަދަވާކަށް ނުޖެހޭނެއެވެ.
އެހެންވީމާ ދިރާގާއި އުރީދޫގެ ކިބައިން ސަލާމަތްވެ ޖީބަށް ލުއި، ދުވަހަކު ޑޭޓާ ހުސްނުވާ، އެއްވެސް އިރެއްގައި ފިނިހަކަ ސްޕީޑަށް ސްޕީޑް ނުވެއްޓޭ، ސްޕޭސް އެކްސްގެ ސްޓާލިންކްގެ ސެޓަލައިޓް އިންޓަނެޓްގެ ޚިދުމަތަށް ތައްޔާރުވާށެވެ. ދިވެހި ރައްޔިތުން "ފެލާލައިގެން" ބޮޑު މަންފާ ހޯދަމުން ގެންދާ ދިރާގާއި އުރީދޫއަށް 2022 ގައި ދިވެހީންގެ ގިނަ ބަޔަކު ޓާޓާ ކިޔާނެއެވެ. މިއީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.

ކިޔުންތެރިންގެ ހިޔާލު