ރަށްރަށުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށްޓަކައި އެސްޓީއޯއާ ޙަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސާއި އެސްޓީއޯއާއެކު މިނިސްޓްރީ އޮފް ހެލްތުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ. މި އެމްބިއުލާންސްތައް ލިބުމުން އަތޮޅުތެރޭގައި ސިއްޙީ ދާއިރާއިން މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތްތައް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން އިތުރު އެމްބިއުލާންސް ހޯދުމަށް ޙަވާލުކޮށްފައިވާއިރު އެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން އެމްބިއުލާންސް ދިއުން ލަސްވެ 10 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި އެކަމާ ގުޅިގެން އެމްބިއުލާންސް ފޮނުވުމުގައި އަމަލުކުރާ އުސޫލަށް މިހާރު ބަދަލުތަކެއްވެސް ގެނެސްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިއަދު ވަނީ އިމަޖެންސީ ސިއްޚީ ޚިދުމަތް ވެސް ފަށާފައެވެ. މިހާރު މި ޚިދުމަތް ޚާއްޞަ ކޮށްފައިވަނީ ކޯވިޑްގެ އިމަޖެންސީ އެހީ ދިނުމަށެވެ. އެގޮތުން 100 އަށް ގުޅުމުން އެ ޚިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ޓަކައި @MoFmv އާއި @stoplc އާއެކު މިނިސްޓްރީ އޮފް ހެލްތުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި pic.twitter.com/fI5djIp653
— Ministry of Health (@MoHmv) June 10, 2021
މިއެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ. މި އެމްބިއުލާންސްތައް ލިބުމުން އަތޮޅުތެރޭގައި ސިއްޙީ ދާއިރާއިން މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތްތައް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން އިތުރު އެމްބިއުލާންސް ހޯދުމަށް ޙަވާލުކޮށްފައިވާއިރު އެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން އެމްބިއުލާންސް ދިއުން ލަސްވެ 10 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި އެކަމާ ގުޅިގެން އެމްބިއުލާންސް ފޮނުވުމުގައި އަމަލުކުރާ އުސޫލަށް މިހާރު ބަދަލުތަކެއްވެސް ގެނެސްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިއަދު ވަނީ އިމަޖެންސީ ސިއްޚީ ޚިދުމަތް ވެސް ފަށާފައެވެ. މިހާރު މި ޚިދުމަތް ޚާއްޞަ ކޮށްފައިވަނީ ކޯވިޑްގެ އިމަޖެންސީ އެހީ ދިނުމަށެވެ. އެގޮތުން 100 އަށް ގުޅުމުން އެ ޚިދުމަތް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު