ރާއްޖޭގެ ރަށެއްގައި ޓީޗަރަކު އޭނާގެ ދަރިވަރަކާއިއެކު ޖިންސީގުޅުން ހިންގި މައްސަަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ ޓީޗަރުގެ ސަބަބުން އިތުރު ކުދިންތަކަކަށްވެސް ޖިންސީ ހާނީއްކަ ލިބިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން މިރޭ ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އިތުބާރުހުރި މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭނާގެ ސަބަބުން އިތުރު ކުދިންތަކެއްވެސް ޖިންސީ ހާނީއްކައަށް ހުށަހެޅިފައިވާ ކަމަށް ބެެލެވޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ޖެންޑާ މިނިސްްޓްރީންނާއި ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެހެންނަމަަވެސް އަދި މިހާތަނަށް އެކަމުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

މިހާދިސާ ހިގާފައިވަނީ ރާއްޖޭގެ އުތުރު ރަށެއްގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު ފުލުހުންގެ ހިމާޔަތުގައި މިހާރު ވަނީ އެހާދިސާ ހިނގި ރަށުން ބާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން