ރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން މެސީ
ރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން މެސީ
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ބްރެޒިލް، އާޖެންޓީނާ، ކޮލަމްބިއާ އަދި ޕެރޫ ކަށަވަރު ކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ރާއްޖޭގަޑިން ފަތިހު 5:00 ގައި ކުޅެވުނު ކުއާޓާ ފައިނަލްގެ މެޗު 1-0 ލަނޑުން ޗިލީބަލިކޮށް މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ އެންމެފަހު މުބާރާތުގެ ޗެމްޕިއަން ބުރެޒިލް ވަނީ ސެމީފައިނަލުން ޖާގަހޯދައިފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބްރެޒިލް އަށް ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސް ޕަކޭޓާއެވެ.

ސެމީފައިނަލްގައި ބުރެޒިލް ބައްދަލުކުރާނީ ޕެރެގުއޭގެ މައްޗަށް ޕެނަލްޓީ ޖަހައިގެން މޮޅުވި ޕެރޫ އާއިއެވެ. ސެމީ ފައިނަލްގެ މި މެޗު އޮންނާނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

އާދީއްތަ ދުވަހު ހެނދުނު 6:00 ގައި އެކުއެޑޯގެ މައްޗަށް 3-0 އިން ކުރިހޯދައި އާޖެންޓީނާ އިން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. މި މެޗުގައި އާޖެންޓީނާގެ ފުރަތަމަ ގޯލު ޖެހީ ރޮޑްރީގޯ ޑެ ޕޯލް އެވެ. އާޖެންޓީނާގެ ދެ ވަނަ ގޯލު ޖަހާ ދީފައިވަނީ ލަޓާރޯ މާޓީނޭޒް އެވެ. މެޗުގެ އިތުރު ވަގުތުގައި ލިބުނު ހިލޭޖެހުމަކުން އާޖެންޓިނާގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް ދިނީ މެސީއެވެ.

ސެމީފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ ރޭ ކުޅުނު ކުއާޓާ ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން އުރުގުއޭ ބަލިކުރި ކޮލަމްބިއާ އާއެވެ. މި މެޗު އޮންނާނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން