ދެކުނު އެމެރިކާގެ މަޝްހޫރު ފުޓުބޯޅަ މުބާރާތްކަމަށްވާ ކޮޕާ އެމެރިކާގައި ހޮނިހިރު ދުވަހު ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ތިން ވަނަ ކޮލަމްބިއާއިން ހޯދައިފިއެވެ.
މުބާރާތުގެ 3 ވަނަ ހޮވަން ކުޅުނު މެޗުގައި ކޮލަމްބިއާ އާއި ދެކޮޅަށް ނުކުތީ ސެމީ ފައިނަލް މެޗުގައި ބްރެޒިލް އަތުން ބަލިވި ޕެރޫއެވެ. ކޮލަމްބިއާ މި މެޗުގައި ވާދަކުރަން ޖެހުނީ ސެމީ ފައިނަލްގެ މެޗުގައި ޕެނަލްޓީއިން ކުރި ހޯދި އާޖެންޓީނާ އަތުން ބަލިވުމުންނެވެ.
މި މެޗު ކޮލަމްބިއާއިން ކާމިޔާބު ކޮށްފައިވަނީފަހު ވަގުތު 3-2 ގެ ނަތީޖާ އަކުންނެވެ.
ކޮލަމްބިއާ އާއި ޕެރޫ ވާދަކޮށްފައިވާ މި މެޗުގެ އެންމެ ފުރަތަމަ ލަނޑު ޕެރޫ އިން ވަނީ ފުރަަތަމަ ހާފުގައި ކާމީޔާބުކޮށްދީފައެވެ. މީއާއެކު ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ކޮލަމްބިއާ އިން މި ވަނީ ނަތީޖާ އެއްވަރު ކޮށްދީފައެވެ. މި މެޗުގެ 60 ވަނަ މިނެޓުގައި ފަހަތުން އަރާ ކޮލަމްބިއާއިން ވަނީ އިތުރު ލަނޑެއް
ޓީމަށް ކާމިޔާބުކޮށްފައެވެ. މެޗު ނިމުމަށް މާގިނަިއރު ތަކެއް ނުވަނީސް ޕެރޫ އިން ނަތީޖާ އެއްވަރު ކޮށްފައިވީނަމަވެސް، މެޗުގެ ނަތީޖާ އެއްވަރު ވުމުން ކުޅުމަށް ވަނީ ވަގުތު އިތުރުކޮށްފައެވެ. އިތުރުކޮށަފައިވާ ވަގުތުގައި ލުއިސް ޑިއާޒް ވަނީ ކޮލަމްބިއާ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ކުރި ހޯދާފައެވެ.
ފޯރިގަދަ ކުޅުމެއް ފެނުން މި މެޗާއެކު ކޮލަމްބިއާއިން ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ފަހުރުވެރި 3 ވަނަ ހޯދާފެއެވެ. މުބާރާތުގެ ފައިނަލް މެޗު އާދިއްތަ ދުވަހުގެ ފަތިހު އޮންނައިރު ފައިނަލް މެޗުގައި ވާދަކުރާނީ ބްރެޒިލް އާއި އާޖެންޓީނާއެވެ.

ކިޔުންތެރިންގެ ހިޔާލު