ގިނަ ދުވަސްތަކަކަށްފަހު ބޮލީވުޑްގެ ކާމިޔާބު ދެތަރިންކަމަށްވާ ސަންޖޭދަތާއި ޝާހުރުކް ޚާން އެއްފިލްމަކުން ފެނިލުމަށް ތައްޔާރު ވެއްޖެއެވެ.

ދެތަރިން މިހާރު ސޮއިކޮށްފައިވާ މިފިލްމު ވެގެންދާނީ ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ ސަންޖޭދަތާއި ޝާޙްރުކް ޚާން ގިނަ އަހަރުތަކަކަށްފަހު އެކުގައިފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. މިދެތަރިން އެކުގައި އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2012 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ރާވަން އަދި 2007 ވަނަ އަހަރު ރިލީޒްކުރި އޯމް ޝާންތި އޯމް އިންނެވެ. މިދެފިލްމަކީވެސް ޝާހުރުކް ޚާން ލީޑް ރޯލު އަދާކޮށްފައިވާ ދެފިލްމެވެ. އަދި މިދެފިލްމުގައިވެސް ސަންޖޭދަތު ފެނިގެން ގޮސްފައިވަނީ ކުޑަ މަރޯލަކުންނެވެ.

ސަންޖޭދަތާއި ޝާހުރުކް ޚާން އެކުގައި ފެނިގެންދާ ފިލްމުގެ ނަން އަދި ފައިނަލް ވެފައި ނުވިނަމަވެސް، މިފިލްމުގެ ނަމަކަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ ރާކީ އެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެންމެ ބަހަކުން ނޫންކަމަށްވެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ޝާހުރުކް ޚާން މިވަގުތު ދަނީ ހިންދީ ފިލްމު ޕަތަންގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. ސަންޖޭދަތު ދަނީ ހިންދީ ފިލްމު ކޭޖީއެފް އަދި ޝަމްޝެރާގެ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން