މިއަދު ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތު
މިއަދު ކުރިއަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތު
ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު "އެކްސްޗޭންޖް އޮފް ޕްރީ-އެރައިވަލް އިންފޮމޭޝަން ފޯ ފެސިލިޓޭޝަން އޮފް ޓްރޭޑް އެންޑް ކަސްޓަމްސް ކޮންޓްރޯލް އޮން ގުޑްސް" ނުވަތަ ރާއްޖެއަށް އެތެރެކުރާ މުދަލާބެހޭ މައުލޫމާތު ހިއްސާ ކުރުމާގުޅޭ ގުޅޭ އެމްއޯޔޫއެއްގައި މިއަދު ސޮއި ކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއި ކޮށްފައި ވަނީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ޗެއާމަން، އަޖިތު ކުމާރު އާއި ދިވެހިރާއްޖޭގެ ކަސްޓަމްސް ސާވިސް ގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް އެވެ.

މި އެމްއޯޔޫގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ދެމެދުގައި އެކްސްޕޯޓް ކުރެވޭ މުދަލުގެ މަޢުލޫމާތު ޙިއްސާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ޙިއްސާކުރެވޭ މަޢުލޫމާތުގެ ޒަރީޢާއިން އެކްސްޕޯޓް ކުރެވޭ މުދަލުގެ ސައްޙަ އަގު ވަގުތުން ވަގުތަށް އެނގިގެން ދިއުމާއި، ކަސްޓަމަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.



މީގެ އިތުރުން ކަސްޓަމްސް ކްލިއަރެންސްގައި ހޭދަކުރާ ވަގުތު މަދުކުރެވި، ސަޕްލައި ޗެއިންގެ ސެކިއުރިޓީ ވަރުގަދަވުން ފަދަ އެތައް ފައިދާތަކެއް ލިބިގެންދާނެކަމަށް ކަސްޓަމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަލިބެ

30-Jul-2021

ހެހެހެ.. ފޭކު.. ފުރަތަމަ ތިކަން ކުރާނެ ކަނ އެނގޭ! ރާއްޖެ އަށް އެތެރެ ކުރާ ބައެއް ތަކެތި ރަޖީސްްޓްރީ ކުރުވާ އުފެއްދުމުގެ މައުލޫމާތު ޑޭޓާ ބޭސް ރައްކާ ކުރަން ފެއްޓީ ތި ބޭނުމުގަ. ތިއަށް ކިޔާނީ ވައްކަން ކުރުން


-1

ބަލާވެރިކަން

26-Jul-2021

ކޮބާތަ ގައުމުގެ މިނިވަންކަމާ ވިޔަފާރިވެރިންގެ ހައްގު!



ޓްރެންޑިން