ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު (ވ) އާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު (ވ) އާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ތަރައްގީ އަށް އިންޑިއާ އިން ފޯރުކޮށްދެމުން ގެންދާ ދީލަތި އެހީތެރިކަމަށްޓަކައި ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ރާއްޖެ އިންތިހާބު ކުރުމަށް އިންޑިއާ އިން ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށް އެ މަޤާމުގައި ހުންނަވައިގެން ޙާސިލް ކުރަށްވަން ބޭނުންވެލައްވާ ކަންތައްތައް މޯދީ އާއި ހިއްސާކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.



އިންޑިއަން ކައުންސިލް އޮފް ވާލްޑް އެފެއާޒް ނުވަތަ ސެޕްރޫ ހައުސްގައި މިއަދު ދެއްވި ލެކްޗާއެއްގައި ޝާހިދު ވަނީ ހަމަހަމަކަމާއެކު ހުރިހާ ގައުމުތަކަށް ކޮވިޑު ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވައިފަ އެވެ.

އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާގެ ސަރުކާރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ ދަތުރުފުޅުގައި، ބައިނަލްއަގުވާމީ މަޝްވަރާތަކުގެ އިތުރުން ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ އިތުރު މަޝްރޫއުތަކެއްގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން